ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ގޯސްކަމަށް ދައްކަން ބަޔަކު އުޅުނީ ރާއްޖެ ބަނގުރޫޓުވެ ބަނޑަށް ޖެހޭތޯ: ޝާހިދު

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ: ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ބަނޑަށް ޖެހިފައިވާކަމަށާއި އަދި ބަނގުރޫޓުވެފައިވާކަމަށް ބުނެ ބަޔަކު އެތައް ދޮގު މައުލޫމާތުތަކެއް ފަތުރަމުން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވީ އެއްވެސް ރައްޔިތަކު އަސާސީ ހިދުމަތަކުން މަހުރޫމު ނުކޮށް ހާލުޖައި ޖެހިޔަ ނުދިނުމަށްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި އެކު، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ ރައީސް ސޯލިހަށް އެމްޑީޕީގެ އިތުރު ދައުރެއް ދޭން ޖެހޭ ސަބަބުތައް ފާހަގަ ކުރަމުންނެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކޮށް، ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ގެނެސްދެވޭނީ ހަމައެކަނި ރައީސް ސޯލިހަށްކަމަށް ގިނަ ބަޔަކު ބުނެ އެވެ. ރިޔާސީ ކެމްޕެއިން ޖަލްސާތަކުގައި ވަޒީރުންނާއި، އަދި މެމްބަރުން ރައީސް ސޯލިހަށް އެންމެ ބޮޑަށް ތައުރީފު ކުރަނީ ކޮވިޑު-19 މެނޭޖު ކުރި ގޮތާއި ގުޅޭގޮތުންނެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަ ކުރައްވަނީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައްޔިތުން ތިބީ މާޔޫސްކަމެއްގެ ތެރޭގައިކަމަށް ފާހަގަކޮށް، ރައީސް ނަޝީދު ދަނީ އެމްޑީޕީގެ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ރައީސް ސޯލިހަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒު ކުރަނީ އިގްތިސާދު މެނޭޖު ނުކުރެވުމާއި ޕާޓީގެ ވައުދުތައް ނުފުއްދޭކަމަށް ވިދާޅުވެ އެވެ.

ރައީސް ނަޝީދާއި، އެމަނިކުފާނުގެ ކެމްޕެއިން ޓީމުގެ ވާހަކަތަކަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ މިއަދު މި ރާއްޖެއަކީ ދުނިޔޭގެ އެތައް ގައުމަކަށް އޮތް މިސާލެއް ކަށެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅީ މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅުތަކެއްކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ ގައުމުތަކުގެ ވެރިން އެންމެ ފުރަތަމަ ވެސް ސުވާލު ކުރަނީ ހާލަތުން އަރައިގަތް ގޮތާއި ގުޅޭގޮތުން ކަމަށެވެ. ނުވަތަ ވެރިން ބޭނުން ވަނީ، ރައީސް ސޯލިހު ބޭނުން ކުރެއްވި ފޯމިއުލާކަމަށާއި އެއީ ކޮންމެ ކޮންމެ ރައީސެއްގެ ހުންނާނެ ވިސްނުމެއް ނޫންކަމަށް ގައުމުތަކުން ދެކޭކަމަށް ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އާއި، އެކި ބައްދަލުވުންތައް އަދި އެއްވުންތަކުގައި ވެސް ރާއްޖެ ބަނޑަށް ޖެހެނީކަމަށް ބުނެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވާހަކަ ދެއްކެވިކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެއީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ. ޝާހިދު އެ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދާއި، އެމަނިކުފާނާއި އަރިސް މެމްބަރުން ދެއްކެވި ވާހަކަތެކެވެ.

ދުނިޔޭގެ މާލީ އިދާރާތްތަކުގެ ބަޔާންތަކާއި ރިޕޯޓުތަކަށް އިޝާރާތްކޮށް ޝާހިދު ވިދާޅުވީ، މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ ކަމަށެވެ. ކޮވިޑާއި، ރަޝިޔާ – ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދަތިތަކެއް އައި ނަމަވެސް އެ ދަތިތަކުން އަރައިގަނެވި އާއްމު ހާލަތަށް ގޮސްފައިވާކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގައި ކުރިޔަށް އޮތް މަހެއް ނޫނީ ދެ މަހެއްގެ ތެރޭގައި ރާއްޖޭގެ ރިޒާވް ހުސްވާނެކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވި ކަމަށެވެ. ރާއްޖެ ބަނގުރޫޓުވެފައިވާކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ފަތުރަމުން ދިޔައިރު، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމާއި ރާއްޖެ އެ ހާލަތަކަށް ނުދާނެކަމަށް ރައީސް ތަކުރާރު ކުރެއްވި ނޫން ތޯ ޝާހިދު ސުވާލު ކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތައް ހުރިކަން ގަބޫލު ކުރާކަމަށާއި ނަމަވެސް އެކަމުން އަރައިގެނެވިފައިވާކަމަށެވެ. އަދި އެ މަގަށް ދެވުނީ ރައީސް ސޯލިހު ކުރެއްވި މަސައްކަތްތަކުންނައި އެމަނިކުފާނު ނިންމެވި، މުހިންމު ނިންމެވުންތަކުގެ ސަބަބުންކަމަށް ޝާހިދު ވިދާޅުވި އެވެ. ރައީސް ސޯލިހަކީ ގައުމު ދެކެ ލޯބިވާ، އަދި އެއްވެސް ރައްޔިތަކަށް ދެރައެއް ނޭދޭ ވެރިއެއްކަމަށާއި އެކަން މިއަދު ދިވެހި ރައްޔިތުން ހަނދާން ކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެންމެ ފުރަތަމަ ވެސް ރައީސް ވަޒީރުންނަށް ދެންނެވީ، ގައުމުގެ އެއްވެސް ރައްޔިތަކަށް ދަތިކަމެއް ނެތި ކާބޯތަކެތީގެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ ރަށްތަކުގައި ކޮވިޑު ފެތުރިއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި އެއްވެސް އަސާސީ ހިދުމަތަކުން މަހުރޫމް ނުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރައީސް،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: