ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދުވެގެން މި އުޅެނީ ލަކުނުތަކާއި ލިބުނު އަނިޔާއެއް ނޫން، ރަނގަޅު ވެރިކަމެއް ކުރި ނަމަ ނިކުންނަން ނުޖެހުނީސް: ނަޝީދު

އެމްޑީޕީ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވަނީ، އެއްވެސް ހާލަތެއްގައި ބޮމެއް ގޮއްވާލައި ދިން ހަމަލާގައި ލިބުނު ޒަމަހަމްތާއި އެކު ލަކުނުތައް މަދުވެގެން ނޫންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދާއި އެކު ދެން ވާދަކުރައްވަނީ ވެރިކަމުގެ އިތުރު ދައުރަކަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ސިޔާސީ ގޮތުން ދެބޭފުޅުންގެ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާތީ، ގުޅުން ގޯސްވެ ކެމްޕެއިނު ބައްދަލުވުންތަކުގައި ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒު ކުރެ އެވެ. އަދި ދެބޭފުޅުންގެ ސަރުކާރު އަޅާކިޔުއްވައި ވެރިކަމުގެ ދައުރާއި ގުޅޭގޮތުން ބަހުސްތަކެއް ކުރެވެ އެވެ.

ރައީސް ސޯލިހަށް ފުރުސަތު ދީ، ފަހަތަށް ޖެހިލުމުގެ ބަދަލުގައި ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކާމިޔާބުކޮށް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވަނީ “ކޮން ކަމެއް މަދުވެގެން ތޯ” ބުނެ އަމާޒުވާ ސުވާލަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރައްދު ދެއްވާފައިވާ ރައީސް ނަޝީދު ގއ. އަތޮޅުގެ ބައްދަލުވުމެއްގައި ވިދާޅުވީ ދައުލަތެއް ހިނގަން ޖެހޭ ގޮތަށް ރަނގަޅަށް ކުރިޔަށް ދާނަމަ އެމަނިކުފާނު ނިކުންނަވަން ނުޖެހުނީސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ އެންމެ ފަހުން ދިން ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކާއި ލަކުނުތައް މަދުވެގެން ކުރާ މަސައްކަތެއް ނޫންކަމަށާއި ސިޔާސީ މަސައްކަތުގެ ތެރެއިން ލިބުނު އަނިޔާތައް ވެސް މަދެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ކުރާނެ މަސައްކަތްތައް ހުސްވީ ނޫންކަމަށާއި، ރިޔާސީ ޕްރައިމެރީއަށް ނިކުންނަން ޖެހުނީ އިތުރު ގޮތެއް ނެތިގެންކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް ގޯތި ދޭން އިއުލާނު ކުރުމާއި، މަޝްރޫއުތަކުގެ ވާހަކަތައް ދައްކަންވީ އިންތިހާބު އޮންނަ އަހަރުގައި ނޫންކަމަށާއި އަދި ހާއްސަކޮށް އެތެރޭގެ އިންތިހާބަކާއި ދިމާކޮށް ރަށްތަކަށް ގެންނާނެ ތަރައްގީގެ ވާހަކަ ދެއްކުމަކީ އެއީ ދެކޮޅު ނުޖެހޭ ސިޔާސީ ވިސްނުމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވި އެވެ. އިންތިހާބު އަހަރާއި ކުރިމަތިލާން ޖެހޭނީ، ރައްޔިތުންނަށް އުފާވެރި ފާގަތި ދުވަސްތަކެއް ގެނެސް ދީ ތިޔާގި ދުވަސްތަކެއް ދެއްކުމަށް ފަހު ނަމަވެސް އިންތިހާބު އޮތް އަހަރަކީ މިހާރުގެ ހާލަތަށް ބަލާއިރު ދަތި އަދި އުނދަގޫ އަހަރެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ތަކެތީގެ އަގު އުފުލި އަތް ނުފޯރާ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލަތަކުގެ ޒިންމާ ނަގަން ޖެހޭނީ ކޯލިޝަނުން ކަމަށެވެ. އިއްތިހާދެއް ހިފެހެއްޓުމަށް އެބަޔަކަށް މަންފާ ވާ ގޮތަށް، ފައިދާ ނަގައި ދޭތީ އޭގެ ނަތީޖާއެއްގެ ގޮތުން ގެއްލުން ވަނީ އާއްމު ރައްޔިތުންނަށްކަމަށް ރައީސް ނަޝިދު ތަކުރާރު ކުރެއްވި އެވެ.

”ސަރުކާރުން އިސްކަންދިނީ އިއްތިހާދެއް ހިފެހެއްޓުމަށް – އެކަމުގެ ފޯމިއުލާ އެނގިވަޑައިގަންނަވާކަމަށް އެވިދާޅުވާ ވާހަކައަކީ، ވިޔަފާރީގެ އުސޫލުން އެވެނި އެއްޗެއް މިވެނި ސިޔާސީ ލީޑަރަކަށް. އޭގެ ބަދަލުގައި އެލީޑަރެއްގެ ޕާޓީގެ ތާޢީދު ލިބުން. އެހެން މިދެއްވެނީ ރައްޔިތުންގެ އިހްސާސްގައި ހިމެނޭ ޤުދުރަތީ ވަސީލަތެއް“ ރައީސް ނަޝީދު

ދެށްފުށް ފެންނަ ޑިމޮކްރެޓިކް އުސޫލެއް އެކުލަވާލުމަށް ރައީސް ސޯލިހަށް ގޮވާލައްވައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު އެއްފަރާތް ވެލުން ކަމަށެވެ. ވެރިއެއްގެ ފަހަތުން، އެ ވެރިންނަށް ސަނާ ކިޔައި އެ މީހެއްގެ ފަހަތުން ދުވެ އުޅުމަކީ އެއީ ފައިދާ ލިބޭނެ ގޮތެއް ނޫންކަމަށާއި ވެރިންނަށް ގުލާނުކޮށް ދޭން ނުޖެހޭކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވަނީ، 2023 ގައި މަގުމަތިވާން ބޭނުން ނުވާކަމަށް ބުނެ ދައްކާ ވާހަކައިގެ ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު އެ ވާހަކަތައް ސިފަ ކުރެއްވީ އެއީ މަގާމުގެ ބޭނުމުގައި ދައްކާ ވާހަކައެއްގެ ގޮތުގައެވެ. އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދައި ރައީސް ނަޝީދު ވިދާޅުވީ، މިއަދު ވެސް އިންތިހާބު ބޯވަމަތިވުމުން ބަލަނީ ކޮންމެވެސް ސިޔާސީ ގޮތުން ފައިދާ ލިބެން އޮތް ބައެއްގެ ތާއީދު ހޯދުމަށް ކަމަށެވެ. ގޯތި ދޭނީ ވޯޓު ދީގެންކަމަށް، ނުވަތަ ވަޒީފައެއް ދިމި އޮންނާނީ ވޯޓު ދީގެންކަމަށް ބުނެ ދައްކާ ވާހަކަތާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭއިރު މިއީ އެމްޑީޕީގެ ސިފަތަކެއް ތޯ ރައީސް ނަޝީދު ސުވާލު އުފެއްދި އެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ މިހާރު އޮތީ 2018 ގެ ހާލަތެއް ނޫންކަމަށާއި، އިންތިހާބެއް ކާމިޔާބު ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ފަސޭހަ މަގަކީ އިއްތިހާދެއް އެކުލަވާލުންކަމަށް ދެކި، މިހާރުން ފެށިގެން އެ މީހުންގެ ރުހުން ހޯދަން ކުރާ މަސައްކަތްތައް ގިނަކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފާޑުވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ބުރަ މަސައްކަތުން 2008 ގައި އެމްޑީޕީން ގެނައި ވެރިކަން ބަދަލުވެގެން ދިޔައީ ރަނގަޅަށް ނޫންކަމަށެވެ. އޭގެ ފަހުން ހަތް އަހަރު މަތުމަތީ ހޭދަން ކުރަން ޖެހުނުއިރު އެއީ ދުވަހަކު ވެސް ހަނދާނުން ނައްތާލައިގެން ވާނެ ދުވަސްތަކެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: