ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމެރީގެ ވޯޓަށް ހަފްތާއެއް، ރައީސް ފުވައްމުލަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައްއަށް ވަޑައިގެންފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ ޕާޓީގެ އިސް ލީޑަރު ރައީސް ސޯލިހާއި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އަންނަ ހޮނިހިރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންތައް ފޯރިއާއި އެކު ކުރިޔަށް ދާއިރު ދެ ރައީސުން ވެސް ތިއްބެވީ ކެމްޕެއިނަށް އަތޮޅު ތެރޭގަ އެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދިފައި ވާތީ، ގުޅުން ގޯސްވެ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އެކި ގޮތްގޮތުން ބަހުގެ ހަމަލާތައް ވެސް ދަނީ އަމާޒުވަމުންނެވެ. އަދި ކެމްޕެއިން ޓީމުތަކުގެ މެދުގައި ތަފާތު އެކި ތުހުމަތުތައް ކުރެވޭކަން ފާހަގަ ކުރެވެ އެވެ.

ކެމްޕެއިން ބޮޑު ޖަލްސާއެއް މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ފަހު ފުވައްމުލައްއަށް ރައީސް ވަޑައިގަތީ މިއަދު އެވެ. އެެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި، މޭޔަރު އިސްމާއިލް ރަފީގާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ދީދީ އެވެ.

ރައީސާއި އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އަދި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް މި ދަތުރުގައި ބައިވެރިވެވަޑައިގަތެވެ. އަދި ބައެއް ކުންފުނިތަކުގެ އެމްޑީން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ވޯޓަށް ހަފްތާއަކަށްވެފައިވާއިރު، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އެންމެ ވަރުގަދަ އިންތިހާބެވެ. އެހެން ސިޔާސީ ޕާޓީތަކުގެ ސަމާލުކަމާއި، އެކި ވާހަކަތައް ވެސް އިންތިހާބައި ގުޅުވައި ދަނީ ދެކެވެމުންނެވެ.

އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ރައީސް ނަޝީދު، ރައީސް ސޯލިހާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާއިރު ޖެހިގެން އަންނަ ބައްދަލުވުމެއްގައި ރައީސް އެ ވާހަކަތަކަށް ރައްދު ދެއްވަ އެވެ. އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ރައީސް ސޯލިހު އިތުރު ދައުރަކަށް ގެނައުމުގެ ވިސްމުގައި ނޫންކަމަށާއި ޓިކެޓު ހޯއްދަވައިފި ނަމަ އެމްޑީޕީއަށް ލިބޭނީ ގެއްލުންކަމަށް ބުނެ ދައްކަވާ ވާހަކައިގެ ރައްދު ދެއްވައި މިއަދު ރައީސް ވިދާޅުވީ ޕާޓީއަށް ވެރިކަން ހޯދައިދެވޭނެ އިތުރު ބޭފުޅެއް އެމަނިކުފާނު ނޫނީ ނެތް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ބުރަ މަސައްކަތުން 2008 ގައި އެމްޑީޕީން ގެނައި ވެރިކަން ބަދަލުވެގެން ދިޔައީ ރަނގަޅަށް ނޫންކަމަށެވެ. އޭގެ ފަހުން ހަތް އަހަރު މަތުމަތީ ހޭދަން ކުރަން ޖެހުނުއިރު އެއީ ދުވަހަކު ވެސް ހަނދާނުން ނައްތާލައިގެން ވާނެ ދުވަސްތަކެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އިންތިހާބުން ނާކާމިޔާބު ވެއްޖެ ނަމަ، ރައީސް ސޯލިހާއި އެކު މަސައްކަތް ނުކުރާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: