ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށި ބަނދަރު އަޕްގްރޭޑް ކުރަން އެމްޓީސީސީއާ ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކ މާފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫގެ ދަށުން 28،836 އަކަ މީޓަރުގެ ބަނދަރު ފުންކުރުމާއި، 63،711 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުން ކުރުމާއި، 4،414 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމުގެ އިތުރުން 31 މީޓަރު ބޭރު ތޮށި 31 މީޓަރަށް ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސޭންޑް ފިލް ބްރޭކް ވޯޓަރ ހެދުމާއި، 64 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރު އެއްގަމު ތޮށި ޖެހުމާއި 367 މީޓަރ ސްކޯރިންގ އޭޕްރޮން ޖެހުމާއި 73 މޫރިންގ ރިންގް ހަރުކުރުމުގެ އިތުރުން 10 މޫރިންގ ބޮއި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގު ބައްތި އާއި 1869 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ 82،599 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: