ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑް އިންޝިއުރެންސް ގެ ވައިޓް ބޯޑް ކަލަންޑަރު ނެރެފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހަކީީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝިއުރަންސްގެ ހިދުމަތްދޭ އެލައިޑް އިންޝިއުރަންސްގެ 38 ވަނަ އަހަރީ ދުވަހެވެ.

މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައިވަނީ ރާއްޖޭގައި ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމުގައި އެންމެ ގާތް އެހީތެރިޔަކަށްވުމެވެ.

2023 ވަނަ އަހަރަކީ އެލައިޑަށް ވަރަށް ހާއްސަ އަހަރެކެވެ. އެގޮތުން މިއަހަރަށް ހާއްސަކޮށްގެން އެލައިޑުން  އުފެއްވި ކަލަންޑަރުގެ ބޭނުންތެރިކަމާއި ފަސޭހަކަމާ ގުޅިގެން ތައުރީފް ވަަރަށް ބޮޑެވެ.

ފަންނުވެރިކަން އިސްކޮށް އޮފީހުގެ މަސައްކަތްތައް ރާވާލައި ހިންގާލުމަށް އެހީއެއް ފޯރުކޮށްދިނުމުގައި އެލައިޑްގެ ވައިޓް ބޯޑް ކަލަންޑަރެއް ހޯދުމަށް ގިނަ ފަރާތްތަކުން މަސައްކަތްކުރަމުން ދެއެވެ.

މި މަހު މިހާތަނަށް ކަލަންޑަރު ބެހުމުގެ ދެ ހަރަކާތެއް އެލައިޑް އިން ކުރިއަށް ގެންގޮސްފައިވެސް ވެއެވެ.

އަނެއްކާވެސް މިއޮތީ އެފަދަ ރަނުގެ ފުރުސަތެކެވެ. އެލައިޑްގެ 2023 ވަނަ އަހަރުގެ ވައިޓް ބޯޑް ކަލަންޑަރެއް ބޭނުންތޯއެވެ؟ ވަރަށް ފަސޭހައިން ހޯދިދާނެއެވެ.

އެލައިޑްގެ 38 ވަނަ އަހަރީ ދުވަސް ކަމުގައިވެާ މި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެލައިޑްގެ ފްރަންޓް އޮފީސް، ހ. އޯކިޑުން ޕޮލިސީއެއް ބައްލަވައިގަންނަވާ ނަމަ ފުރަތަމަ 38 ފަރާތަކަށް އެލައިޑްގެ ކަލަންޑަރެއް ލިބޭނެއެވެ.

މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހުގައި (އަދި އެނޫން ތަންތަނުގައިވެސް، މިސާލަކަށް ގޭގެ ބަދިގޭގައި ރެސިޕީ ލިޔުމަށްވެސް) ނޯޓްކުރަންޖެހޭ މުހިއްމު ކަންކަމާއި ޑެޑްލައިންސް ނޯޓްކުރެވޭނެ ޓޫލްއެކެވެ.

ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓަސްކް މެނޭޖްވެސް ކޮށްލެވޭނެއެވެ. އަހަރު ނިމުނީމާ ވެސް މިބޯޑު ބޭނުންކޮށްލެވޭނެއެވެ. ދެން ވިސްނަމާހެއްޔެވެ. އިންޝިއުރަންސް ޕްލޭންއެއް ގަތުމަކީ ކިހާވަރެއްގެ ކަމެއްބާއެވެ؟ އޭގެން ލިބޭނެ ފައިދާ އަކީ ކޮބައިހެއްޔެވެ؟

އިންޝިއުރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަންވެސް އިންޝިއުރަންސް ޕްލޭންތަކުގައި ހިމެނެއެވެ.

އިންޝިއުރަންސް ޕްލޭންއެއް ބައްލަވައިގަތުމަކީ ވެސް ނުހަނު ފަސޭހަކަމެކެވެ. ވަރަށް ފަސޭހައިން ބައްލަވައިގަނެވޭ ޕްލޭންތަކެއް ހުރެއެވެ. މިސާލަކަށް ކޮންމެ އަހަރަކު ސައިކަލަށް ނަގަންޖެހޭ ތާޑް ޕާޓީ އިންޝިއުރަންސަކީ އެލައިޑްގެ މައި އެލައިޑް ޕޯޓަލްއިން ވަރަށް ފަސޭހައިން ބައްލަވައިގަނެވިދާނެ ޕްލޭންއެކެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދައްކާލައިގެން ބައްލަވައިގަނެވިދާނެއެވެ. އެލައިޑްގެ އަހަރީ ދުވަހު ސައިކަލުގެ އިންޝިއުރަންސް އާކޮށްލައިގެން މުޅި އަހަރު ދުވަހަށް ތާޑް ޕާޓީ އިންޝިއުރަންސްގެ ރައްކާތެރިކަމުގެ އިތުރުން 2023 ވަނަ އަހަރުގެ ޗާލު ކަލަންޑަރުވެސް ލިބިދާނެއެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ފަރުނީޗަރާއި ބޮތްކާއި އެއަރކޮންޑިޝަންއާއި ބަދިގޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ހިޔާވަހި ޕްލޭންއެއް ނުވަތަ ހިޔާ ފްލެޓްގައި ދިރިއުޅުއްވާ ފަރާތެއްނަމަ އަހަރެންގެ ހިޔާ ޕްލޭންއެއްވެސް ބައްލަވައިގަނެވިދާނެއެވެ.

ހިޔާވަހި ޕްލޭނަކީ ގޭގައި ގެންގުޅޭ ފަރުނީޗަރާއި މުދަލަށް ކުޑަ އަގެއްގައި ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދޭނެ ގޮތެކެވެ. އަދި ޖަނަވަރީ 30 ގައި މި ޕްލޭންވެސް ބައްލަވައިގަނެގެން އެލައިޑްގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަރު އެބައޮތެވެ.

ރާއްޖެއިން ބޭރަށް ދަތުރެއް ރާވާފައިވާނަމަ ޓްރެވެލް ޕްލޭންއެއް ވެސް އޮންލައިންކޮށް ބައްލަވައިގަނެގެން ލަގެޖާއި ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަމާއި އަދި ދަތުރުމަތީގައި އުޅެނިކޮށް ކުރަންޖެހޭ ސައްހީ ފަރުވާއަށް ދާ ހަރަދުވެސް ހޯދޭނެ ގޮތް ގެރެންޓީކޮށްފައި ބެހެއްޓިދާނެއެވެ.

ޖަނަވަރީ 30 ގައި ޓްރެވަލް ޕްލޭންއެއް ބައްލަވައިގެން ކަލަންޑަރެއް ހޯދަންވީއެވެ.

މިހެންގޮސް އެކި ކަހަލަ ޕްލޭންތައް އެލައިޑް އަދި އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލްގައި އެބަހުއްޓެވެ.

އެލައިޑްގެ އަހަރީ ދުވަހާ ދިމާކޮށް މިއިން ޕްލޭންއެއް ބައްލަވައިގަނެގެން ދެމެހެއްޓެނިވި ގޮތުގައި ޓާސްކް މެނޭޖްކޮށްލުމަށް އެލައިޑްގެ ކަލަންޑަރެއްވެސް ހޯއްދަވާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: