ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑުން ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދޭން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.

ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރި މައްސަލަ ތަންފީޒް ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް މި މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ހައިކޯޓުގައި ވަނީ އެދިފައެވެ. މައްސަލައިގައި ފުރަތަމަ އަޑުއެހުން ބޭއްވީ މި ހަފްތާގެ އާދީއްތަ ދުވަހުއެވެ.

މައްސަލައިގައި ހައި ކޯޓުން މިރޭ ނެރުނު އަމުރުގައި ވަނީ އެލައިޑާ އެއްކޮޅަށް ހައި ކޯޓުން މައްސަލަ ނިމޭ ހާލަތެއްގައި އެލައިޑުން ޔޮޓް ޓުއާސްއަށް ދެއްކި 22.7 މިލިއަން ޑޮލަރު އަނބުރާ އެ ކުންފުންޏަށް ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށް އެލައިޑުން ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ހައި ކޯޓުގެ ހުކުމް އަގެއް ނެތް އެއްޗަކަށް ވެގެން ހިނގައިދާނެ ކަމަށާއި އަދި އެކަމާ ގުޅިގެން ޔޮޓް ޓުއާސް އިން ވަކި އެއްޗެއް ބުނެފައި ނެތް ކަމަށް ވެސް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ އެވެ.

ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައިކޯޓުން ކުރި އަމުރުގައި ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެލައިޑުގެ މާލީ ހާލަތު ބަޔާންކޮށްފައިވެއެވެ.  އަދި އެލައިޑުގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށް، ކުންފުނީގެ އެތައް ކަސްޓަމަރަކަށް ދެމުން އައި ހިދުމަތެއް ހުއްޓި، އެ ކަސްޓަމަރުންގެ ހައްގު ގެއްލިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް އެލައިޑުން ފައިސާ ދައްކާފައިވަނިކޮށް، އިސްތިއުނާފު މައްސަލަ އެލައިޑާއި އެއްކޮޅަށް ނިމިއްޖެ ހާލަތެއްގައި އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ސިވިލް ކޯޓުން ހުކުމް ތަންފީޒު ކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ، އެލައިޑުގެ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރު ގެއްލި އެލައިޑަށް އިތުރު ވިޔަފާރި ނުކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އިންޝުއަރެންސް ވިޔަފާރިއަކީ ވަރަށް ބޮޑަށް ރީ-އި ންޝުއަރަންސްއަށް ބިނާވެގެން ހިންގާ ބާވަތުގެ ވިޔަފާރިއަކަށް ވާތީ، ރީ-އިންޝުއަރަންސް ޕާޓްނަރުންނާއެކު ވެފައިވާ އެއްބަސްވުންތައް ރޫޅުމުގެ ފުރުސަތު އޮތުމާއި، އަދި އިންޝުއަރަންސް ވިޔަފާރިއާއި މެދު އޮންނަ އިތުބާރު ގެއްލި ވިޔަފާރި ގެއްލުންވާނެ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހައިކޯޓުން ބުނެފައިވަނީ އެލައިޑުން އެކި ފަރާތްތަކަށް ދައްކަންޖެހި ނުދައްކާވާ ފައިސާ ދެއްކޭނޭ މަގު ބަންދުވެ، އެފަރާތްތަކުން އެލައިޑް ބްލެކްލިސްޓުކޮށް، ކުރިއަށް އޮތް ތަނުގައި އެފަރާތްތަކުން އެލައިޑަށް ހިދުމަތް ދިނުން ހުއްޓާލުމުގެ ފުރުސަތު ވެސް މީގެ ތެރޭގައި އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: