ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް ކޮރަޕްޝަން ހިންގާކަމަށް ބުނެ، ޖާބިރު ހުށަހެޅި މައްސަލަ ތަޅުމުން ބޭރު!

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތަކުން ބޭރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވައްކަމާއި އަމިއްލަ މަންފާއަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ތަޅުމުން ބޭރުކޮށްލައިފި އެވެ.

މަޖިލީހަށް މިއަދު ޖާބިރު ހުށަހެޅި މައްސަލައިގައި ވިދާޅުވީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނަވައިގެން އާޒިމް ކުރައްވާ މަސައްކަތަކީ، އަމިއްލަ ބޭބެ ކާނަލް މުހައްމަދު ނާޒިމް އުފެއްދެވި އެމްއެންޕީއަށް ނާޖާއިޒު ގޮތެއްގައި މަންފާ ހޯދައިދިނުން ކަމަށެވެ. ބާރު ބޭނުންކޮށްގެން އާޒިމް ކުންފުންޏަށް ލިބޭ އެކި ޕްރޮޖެކްޓުތައް ގާތް މީހުންނާއި ހަވާލު ކުރައްވާކަމުގެ ތުހުމަތު ކުރައްވައި ޖާބިރު ވިދާޅުވީ މިއީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތައް ކަމަށެވެ.

މިއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގެވިފަދަ ޖަރީމާތަކެއްގެ ގޮތުގައި ޖާބިރު ސިފަ ކުރެއްވި އެވެ.

“އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި އެކި ޕްރޮޖެކްޓްތައް ވެސް އޭނާއާ ގުޅުން އޮންނަ ފަރާތްތަކަށް ދީ އޮޅުވާލުމާއި ޓެކުން ފަދަ ޖަރީމާތައް ހިންގައި ކުރީގެ ސަރުކާރުގެ ނާއިބު ރައީސް އަހުމަދު އަދީބު ފަދައިން އަމިއްލަ ޖީބު ފުރަމުންދާ މަންޒަރު މި ފެންނަނީ” ޖާބިރު

މައްސަލަ ބަލައިގަތުމާއި މެދު މަޖިލީހުގައި ނެގި ވޯޓުގައި، މައްސަލަ ބަލައި ގަންނަން ނުފެންނަކަމަށް 28 މެމްބަރަކު ވޯޓުދެއްވިއިރު މައްސަލަ ބަލައިގަންނަން ޖެހޭކަމަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ ޖާބިރެވެ.

އާޒިމް ކޮރަޕްޝަންގެ އަމަލު ހިންގާކަމަށް ބުނެ ޖާބިރު މިފަދަ މައްސަލައެއް ހުށަހެޅިއިރު މިވީ ދެ އަހަރުގެ ތެރޭގައި ކުންފުނިން ވަނީ ތާރީހުގައި ވެސް ފާހަގަ ކުރެވޭ ފަދަ ބޮޑެތި ކާމިޔާބީތައް ހޯދާފަ އެވެ. ހާއްސަކޮށް ކޮވިޑުގެ ތެރޭގައި އެއްވެސް ހުއްޓުމެއް ނެތި މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ހަމައެކަނި ކުންފުންޏަކީ އެމްޓީސީސީ އެވެ.

މަސައްކަތުގެ ސްޕީޑުތައް އަވަސްވުމާއި އެކު، އެމްޓީސީސީން ނިންމި ގިނަ މަޝްރޫއުތަކުން މިދިޔަ އަހަރަކީ ކުންފުނީގެ މިވީ އަހަރުތަކުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ. އަދި މިއަހަރު ވެސް މިދިޔަ އަހަރަށް ވުރެ ބޮޑު ފައިދާއެއް ވަނީ ހޯދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: