ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ފުރަަތަމަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއްލަކަ ފަންސާސް ހާހުން މައްޗަށް!

ތިން އަހަރަށް ފަހު ޗައިނާ ފަތުރުވެރިން ރާއްޖެއަށް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް ލަކަ ފަސްންސާސް ހާހަށް ވުރެ މައްޗަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި، މި މަހުގެ 28 ގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 155،885 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އައި 117،608 ފަތުރުވެރިންނާއި އަޅައި ބަލައި 32 އިންސައްތައިގެ ކުރިއެރުމެކެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 21،497 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިކަމަށް ރިކޯޑުތަކުން ދައްކާ އިންޑިއާގެ އަދަދަކީ 17،004 އެވެ. އަދި 14،995 ފަތުރެރިންނާއި އެކު ތިން ވަނައިގައި އޮތީ އިޓަލީއެވެ.

އިތުރު ބައެއް ފާހަގަ ކުރެވޭ ގައުމުތަކުގެ ތެރެއިން، ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ 13،061 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ކުރިޔަށް މިދަނީ ފަތުރުވެރިކަމުގެ އެންމެ ބޮޑު ސީޒަންކަމަށްވުމާއި އެކު، މިދިޔަ އަހަރާއި އަޅައި ބަލައި އަދަދުތައް އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވެ އެވެ. ހާއްސަކޮށް، 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑު- 19 އާއި އެކު އެއްކޮށް ބަންދުވެފައި އޮތް ޗައިނާ އަލުން ހުޅުވާލައި ދަތުރުތައް ވަނީ ފަށާފަ އެވެ.

މާކެޓު ހުޅުވާލިތާ ހަފްތާގެ ތެރޭގައި ރާއްޖެއަށް އައީ ޗައިނާގެ 5.390 ފަތުރުވެރިންނެވެ.

ޓޫރިޒޒަމް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި، މި އަހަރު ރާއްޖެއަށް ރެކޯޑު މިންވަރަކަށް ފަތުރުވެރިން އަންނާނެ އެވެ. އަދި ހާއްސަކޮށް، ޗައިނާ މާކެޓު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުން އަލުން ޖާގަ ހޯދާނެކަމުގެ އުންމީދު ކުރެވޭކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: