ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ގޮފީގެ މަސައްކަތް ފަށައި، ބައްދަލުވުންތަކެއް!

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: ވަގުތު - އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތަކެއް އުފައްދައި ހަރަކާތްތައް ހިންގަން ޖެހޭނެކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް އެކަމުގެ ބައްދަލުވުންތައް ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކޮށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހު ބަލި ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު އެދުނީ ޕާޓީގައި އިތުރު ހަރަކާތްތައް ހިންގުމުގެ ޖާގަ ދިނުމަށެވެ.

އެމަނިކުފާނު ހުށަހެޅުއްވީ ޕްރައިމެރީގެ ކެމްޕެއިނަށް ބޭނުން ކުރެއްވި ކެމްޕެއިން ސްލޯގަން ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތައް އުފައްދައި، ހަރަކާތާއި ގުޅޭ މެމްބަރުންނާއި އެކު ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓާއި މެދު ގޮތެއް ނިންމުމަށް ރައީސް ނަޝީދު އެވެ. އަދި ޕާޓީގެ ކެނޑިޑޭޓު ކަނޑައެޅީ އެއްވެސް ހަމައެއް ނެތި އޮޅުވާލައިގެން ވަކި ކުރި 39،000 މެމްބަރުންގެ ބަހެއް ނެތިކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ކެނޑިޑޭޓާއި މެދު ގޮތެއް ނިންމާނީ އެ މީހުންގެ ބައިވެރިވުމާއި އެކު ކަމަށެވެ.

ރައީސް ސޯލިހަށް 2023 ކާމިޔާބު ނުކުރެވޭނެކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމުން ކެނޑިޑޭޓަށް ތާއީދު ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އެދޭ ގޮތަށް ”ފިކުރެއްގެ ދިރުން“ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޖާގަ ދޭ އެއްވެސް މަސައްކަތެއް ނުހުއްޓުވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ޕާޓީގެ ގައުމީ މަޖިލީހަށް އެ މަސައްކަތާއި ބެހޭ ކުރު މެސެޖެއް ފޮނުވުމަށް ފަހު ކެމްޕެއިން ޓީމާއި ސަޕޯޓަރުންނާއި ބައްދަލުކޮށް ތަފްސީލު ދީފަ އެވެ. އަދި ވިދާޅުވީ، އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށާއި ޕާޓީގެ އެތެރޭގައި އުފައްދާ ”ފިކުރެއްގެ ދިރުން“ ގެ ގޮތްޕާއި ގިނަ އަދަދެއްގެ ބަޔަކު ގުޅޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕާޓީގެ އަސާސްތަކާއި، ސުލޫކުތަކާއި ހިލާފުވާން އެއްވެސް ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންތައް ދަނީ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ފަހު އެ މީހަކަށް ތާއީދު ކުރަން ޖެހޭނެކަމަށް އަސާސީ ގަވައިދުގައި ބުނާ މާއްދާ ޓުވީޓު ކުރަމުންކަން ފާހަގަ ކުރެވެ އެވެ.

މަސައްކަތް ނުހުއްޓުވޭނެކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ފިކުރެއްގެ ދިރުންގެ ބައްދަލުވުމެއް ރޭ ބާއްވާފަ އެވެ. އެމަނިކުފާނަށް ތާއީދު ކުރާ ކެމްޕެއިން ޓީމުތަކުން ބައްދަލުވުމުގެ ފޮޓޯތައް ވެސް ހިއްސާކޮށްފައި ވެއެވެ.

އެ ޓީމުން ނިންމާފައި ވަނީ، ޕްރައިމެރީގެ ކެމްޕެއިންތައް ކުރިޔަށް ގެންދިޔަ ގ. ބޮޑުފެންފަޅުގޭގައި އެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށެވެ. އަދި މި ހަރަކާތްތައް ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން 22:00 އާއި ހަމައަށް އޮފީސް ހުޅުވާފައި ހުންނާނެކަމަށް ޓީމުން ވަނީ ހާމަކޮށްފަ އެވެ. އެތަނުގައި ޕާޓީއަށް އަލަށް ވަންނަ މެމްބަރުންނަށް ފޯމު ދޫކުރުމާއި ފިކުރެއްގެ ދިރުން ޓީމާއި ގުޅުމުގެ ފުރުސަތު އޮންނާނެކަމަށް ސަޕޯޓަރުންނަށް ފޮނުވާފައިވާ މެސެޖުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: