ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތި، ސަރުކާރަށް: ރައީސް ނަޝީދަށް އިހުތިރާމް ކޮޑަކޮށް، ފާޅުގައި ކުރި ފުރައްސާރަ ހަނދާން ނުނެތޭނެ!

އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ސަރުކާރުން ކުރި ފުރައްސާރަ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ބޮޑު ތަފާތަކުން އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ނަމަވެސް، ނަތީޖާ އޮޅުވާލައިވާކަމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ވިދާޅުވެ އެވެ. އަދި ތުހުމަތު ކުރަނީ އެއީ ދައުލަތުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ހޯދި ނަތީޖާއެއް ކަމަށެވެ.

ޕްރައިމެރީގެ ކުރިން ވެސް ޕާޓީގެ އެތެރޭގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ރައީސް ނަޝީދު ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި ޕާޓީގެ އެތެރޭގައި އެމަނިކުފާނުގެ އަމިއްލަ ސިޔާސީ ހަރަކާތަކަށް ޖާގަ ދިނުމަށް ގޮވާލި ހިސާބުން އިތުރަށް މައްސަލަ ގޯސްވި އެވެ.

“ފިކުރެއްގެ ދިރުން” ގެ ނަމުގައި ގޮފިތައް ހަދައި ހަރަކާތްތައް ހިންގަން މަސައްކަތް ފެށުމާއި އެކު ރައީސް ނަޝީދަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އަދި އަސާސީ ގަވައިދާއި ހިލާފުވާނަމަ، އެމަނިކުފާނު ޕާޓީން ބޭރު ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ފާޑުކިއުންތަކަށް ރައްދު ދީ މިއަދު އިންތި ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ކުރިޔަށް ގެންދިއުމުގައި އެއްވަނައިގައި ހިފަހައްޓާލީ ސިޔާސީ ލީޑަރަކީ ރައީސް ނަޝީދު ކަމަށެވެ. އަދި ރައީސް ނަޝީދަކީ ސިޔާސީ އެންމެ ބޮޑެތި އަނިޔާތައް ލިބުނު ލީޑަރުކަމަށާއި ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސަށް ސަރުކާރުން ފާޅުގައި ދިމާކޮށް ފުރައްސާރަ ކުރަމުން ދާކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދަށް އިހުތިރާމް ކުޑަކޮށް، ހިންގި އަމަލުތައް މަތީން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ ކަމަށެވެ.

2021، މޭއި 06 ގައި އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް ދިން ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ކުރެވެ އެވެ. އަދި ރައީސް ނަޝީދުގެ އަރިސް މެމްބަރުން ވަނީ، އެރޭ ބައެއް މެމްބަރުން މަޖިލީހުގައި ތިބެ ހީ ސަކަރާތް ޖެހިކަމަށާއި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ މެމްބަރުން ވެސް އެކަން ޖޯކަކަށް ހެދި މަންޒަރު ނުފެންނަކަމަށް ފާހަގަކޮށްފަ އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވުރެ ބޮޑަށް، އެ މެމްބަރުން އިންސާނިއްޔަތުކަން ދެއްކިކަމަށް ބުންޏެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 70%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: