ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންޑިއާ އައުޓް“ ގަރާރު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

”އިންޑިއާ އައުޓް“ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ހަރަކާތަކީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޖާއިޒް ފައިދާ ނަގައި ބޭރުގެ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ސިއްރު އެއްބަސްވުންތަކެއް ވެފައިވާކަމަށް ބުނެ އިދިިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުވައި އިރުޝާދު ދެއްވީ ރައީސް ޔާމީނެވެ. ހަރަކާތްތައް ފުޅާ ކުރުމަށް ގޮވާލައި، އިހުތިޖާޖުތަކެއް ކުރިޔަށް ގެންދިއުމަށް ފަހު ރައީސް ޔާމީން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ އެންމެ މަތީ ފްލޯގައި ”އިންޑިއާ އައުޓް“ ޖެހި ބޮޑު ބެނާއެއް ހަރު ކުރުމުން ފުލުހުން އެ ބެނާ ނެގި މައްސަލަ ބޮޑުވެ ކޯޓުން އެންމެ ފަހުން އެމަނިކުފާނުގެ ފަރާތުން ކޯޓަށް ދިއުމުން، ހައި ކޯޓުން ނިންމީ ކޯޓު އަމުރު ހޯދައި އެ ބެނާ ނަގާފައި ވަނީ ގޯސްކޮށް ކަމަށެވެ.

އޭގެ ފަހުން ވެސް ހުއްޓުމެއް ނެތި ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު މުޒާރަހަރާތަކާއި، އަދި ރޭގަނޑުގެ އެއްވުންތަކާއި ޕާޓީ އޮފީހުގެ ޖަލްސާތައް ބޭއްވުމަށް ފަހު ކުއްލިއަކަށް ހަރަކާތްތައް މަޑުޖެހުނެވެ. އަދި އެކަން ބައެއް މީޑިއާތަކުން ފާހަގަކުރުމުން އިދިކޮޅުން ބުނީ ހަރަކާތްތައް މަޑުޖައްސާލީ ނޫންކަމަށާއި ގަރާރުގެ ސަބަބުން އިތުރު މައްސަލަތަކެއް އުފެދިދާނެތީ ގާނޫނީ ނިޒާމުގެ ތެރެއިން ގަރާރު ބާތިލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީން ވެސް ވިދާޅުވީ، އިދިކޮޅުން ބޭނުން ވަނީ ކޯޓުން ގަރާރު ބާތިލުކޮށް ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

ރައީސް ނެރުއްވި ގަރާރަކީ، އެއްވެ އުޅުމުގެ ހައްގާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިވާގޮތަށް ނެރެފައިވާ ގަރާރެއްކަން ފާހަގަކޮށް އެ ބާތިލުކޮށް ދޭން އެދި ކޯޓަށް ހުށަހެޅީ ނޫސްވެރިޔާ އަހުމަދު އަޒާނާއި ޝިފްޒާން އަހުމަދު އަދި އަހުމަދު އިބްރާހީމެވެ.

ހައިކޯޓުން މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 އަށެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 24 ގަ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތު ފިޔަވައި އެހެން ހާލަތެއްގައި ރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާން ކުރާ އެއްވެސް ހައްގެއްގެ މިންވަރެއް ހަނި ކުރުމުގެ ބާރު ރައީސަށް ނޯންނާނެ ކަމަށެވެ.

އެހެންވެ، އެނާ ހުށަހެޅީ މިއީ ފެށުނީއްސުރެ ބާތިލު ގަރާރެއްކަމަށް ކަނޑައަޅައި ދިނުމަށާއި އެ ގަރާރަށް ބަޔާންކޮށް އެއްވެސް އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލު ނައިދިނުމަށެވެ.

ދައުލަތުން މައްސަލައިގައި ބުނާ ގޮތުގައި މިއީ ހައިކޯޓުން ފުރަތަމަ މަރުހަލާފައި ބެލުމަށް އިހުތިސާސް ލިބިފައިވާ މައްސަލައެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: