ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިހެން މެމްބަރުން، މަޖިލީހުން ނެރުމަށް އަންހެން ސެކިއުރިޓީން ހަރަކާތްތެރި ވާން ނުޖެހޭ އިސްލާހު މަޖިލީހަށް!

މަޖިލިސް ސެކިއުރިޓީން އިދިކޮޅު މެމްބަރުން ނެރެން މަސައްކަތްކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެން ސެކިއުރިޓީންނަށް ފިރިހެން މެމްބަރުން ނުނެރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން އިއްވައިފި އެވެ.

އަންހެން ސެކިއުރިޓީންނަށް މަޖިލީހުގެ ފިރިހެން މެމްބަރުން ޖަލްސާ މާލަމުން ނެރުމުގައި ހަރަކާތްތެރި ނުވެގޭ ގޮތަށް ގަވައިދަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވި ދުވަހު ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު އެވެ.

ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލައި، އާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅުން އަޑުގަދަ ކުރަން ފެށުމުން މެމްބަރުންގެ ނަން އިއްވައި ތަޅުން ދޫކޮށް ދިއުމަށް ރިޔާސަތުން އެނގި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ތަކުރާރުކޮށް އިދިކޮޅު މެމްބަރުންގެ ނަން އިއްވައި ތަޅުން ދޫކޮށް ދިއުމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރިޔާސީ ބަޔާނަށް މެމްބަރުން ހުރަސް އަޅަމުން ދިއުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލައި މެމްބަރުން ތަޅުމުން ނެރުމަށް ސެކިއުރިޓީންގެ އެހީ ހޯދިއިރު އެއީ އަންހެން ސެކިއުރިޓީންނެވެ.

ފިރިހެން މެމްބަރުން މަޖިލީހުން ނެރުމަށް އަންހެން ސެކިއުރިޓީން ބޭނުން ކުރި މައްސަލައިގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވުނެވެ. އަދި ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ.

އެހެންވެ، ގަވައިދަށް އިސްލާހު ގެނައުމަށް ރޮޒެއިނާ ހުށަހަޅާފައިވާފައިވާ އެ ގަރާރަކީ މަޖިލީހުގެ ގަވައިދުގެ 23 ވަނަ މާއްދާގެ (ބ) އަށް އސްިލާހު ގެނައުމަށް ހުށަހެޅުއްވި ގަރާރެކެވެ. އެ ގަރާރު ހުށަހަޅާ ސަބަބެއްކަމަށް ވަނީ މަޖިލީހުގެ ސެކިއުރިޓީން ބެލެހެއްޓުމަށް ގެންގުޅޭ އުސޫލުތައް އެހެން މުވައްސަސާތަކުގައި ވެސް އަމަލު ކުރާ ގޮތަށް ހަރުދަނާ ކުރުމަށެވެ.

ރޮޒެއިނާ ހުށަހަޅުއްވާފައި ވަނީ، މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށެވެ.

ގަރާރުގައި ރޮޒެއިނާ ވަނީ، ފެބްރުއަރީ 06 ގައި ބޭއްވި ޖަލްސާގެ ނިޒާމު ގެއްލި މެމްބަރުންގެ ނަން އިއްވުމުން ސެކިއުރިޓީން ޒިންމާ އަދާކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ސޯޝަލް މީޑިއާގައި އެ އޮފިސަރުންނަށް ފުރައްސާރައާއި ކުރިމަތިވި ކަމަށެވެ.

ފުލުސް އިދާރާ އަދި، ކަސްޓަމްސް އާއި އިމްގްރޭޝަން ފަދަ އިދާރާތްތަކުގައި ގާނޫނާއި އުސޫލުތަކަށް ބަލާއިރު އިރު ވެސް އަންހެނުން ބަލާ ފާސްކޮށް ހައްޔަރު ކުރުމުގައި ހަރަކާތްތެރި ވަނީ އަންހެން އޮފިސަރުން ކަމަށެވެ. ނަމަވެސް އެގޮތަށް މަޖިލީހުގެ އުސޫލުގައި ނެތްކަން ފާހަގަކޮށް ރޮޒެއިނާގެ ގަރާރުގައި ވަނީ މަޖިލީހުގެ ޖަލްސާގައި ފިރިހެން މެމްބަރުންގެ ގައިގައި އަންހެން އޮފިސަރުން އަތްލައި ދަމާ ކޫއްތާ މަންޒަރު އާއްމުވެގެން ދިއުމުން އެއީ މުޖްތަމައުއިން ބަލައިގަންނަ އާއްމު މިންގަނޑުތަކާއި ހިލާފު އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރެވި މަޖިލީހުގެ އަންހެން އޮފިސަރުންގެ އިއްޒަރާއި ކަރާމާތް ގެއްލޭ ގޮތަށް ވާހަކަތައް ދެކެވުނު ކަމަށެވެ.

އެހެންވެ މުސްތަގުބަލުގައި މިފަދަ އަމަލުތައް އާއްމުވިޔަ ނުދިނުމަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހަޅުއްވަނީކަން ގަރާރުގައި ވެއެވެ.

މަޖިލީހުގެ ގަވައިދަށް ހުށަހެޅޭ އިސްލާހު:

23 – (ބ) މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދަ އޮތް މީހަކު ފިޔަވައި އެ ނޫން މީހަކު ޖަލްސާއެއް ހިނގަމުން ދާ ވަގުތު މަޖިލިސް ކުރާ މާލަމުގައި ނުބެހެއްޓުން. މިގޮތުން މާލަމުން މީހަކު ނެރެން ޖެހިއްޖެ ހިނދެއްގައި ނެރެން ޖެހުނު މީހާއަކީ ފިރިހެނެއްކަމުގައި ވާނަމަ އެ މީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރި ވާން ވާނީ ފިރިހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން. އަދި ނެރެން ޖެހުނު މީހާއަކީ އަންހެނެއްކަމުގައި ވާނަމަ އެ މީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރި ވާން ވާނީ އަންހެން އިންޓާނަލް އޮފިސަރުން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: