ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރަކުން ވަޒީފާގެ ބިރު ދައްކާތީ، އެކަން ހަޖަމު ކުރަން އުނދަގޫ ވޭ: އީވާ

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ހުރި ވިސްނުމެއްގެ ސަބަބުން، އެ މީހަކު އަދާކުރަމުން ދާ ވަޒީފާއަށް އެއްވެސް ގެއްލުމެއް ދޭން މަސައްކަތް ނުކުރާނެކަމަށް ބުނުމަށް ފަހު މިއަދު ވެރިކަމުގައި ތިބެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަނީ އެއާއި ސީދާ އިދިކޮޅަށްކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތީ 2023 ގެ ރިޔާސީ އިންތިހާބު ނަމަވެސް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ވަނީ ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް އުފެދިފަ އެވެ. ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ރައީސް ސޯލިހަށް ރައްޔިތުން ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ދެ ބަސްވުންތައް އިތުރުވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތައް ވެސް ގިނެވަފައިވާއިރު މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް އެކި ގޮތްގޮތުން ކުރަމުން ދާ މަސައްކަތްތަކުގެ ފަހަތުގައި ވަނީ ރައީސް ސޯލިހު ކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ރައްކާތެރުކަން ކަށަވަރުކޮށްދިނުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ބިލަށް އީވާ ވިދާޅުވީ އެ ބިލަކީ އެމްޑީޕީގެ ސަރުކާރުން ހުށަހެޅި ބިލެއް ނަމަވެސް ދައްކާ ވާހަކައާއި އަމަލާ އެއްވެސް މިންވަރަކަށް ދިމާނުވާކަމަށެވެ.

ވަކި ފިކުރަކަށް، ނުވަތަ ސިޔާސީ ގޮތުން ގެންގުޅޭ ވިސްނުމެއްގެ ސަބަބުން ތަފާތު ކުރުންތައް ނުގެންގުޅޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް ނިމިދިޔަ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ވެސް އެގޮތަށް އަމަލު ނުކުރެވޭކަމުގެ ހެއްކެއްގެ ގޮތުގައި އިވާ ވިދާޅުވި އެވެ.

”ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވިކަމެއް މިއީ… ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރު ހިންގާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެމަނިކުފާނަށް ތާއީދުކުރިއްޔާ ނޫނީ ވަޒީފާގައި ނުތިބެވޭނެ އޭ.. އެހެން ނޫނީވިއްޔާ ޑީޕޯޓު ކުރާނަމޭ މަސައްކަތުން އެކަހެރި ކުރާނަމޭ.. އެއީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެއް.. އެހެން ނޫންނަމަ ފަސް އަހަރު ވަންދެން އެކަމެއް ހިންގާލަ ހިންގާލާ ނުހުރީސް..“ އީވާ

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމުގެ ސަބަބުން އެ ވާހަކަ އެންމެ ހަރު އަޑުން ދެއްކީ އެމްޑީޕީން ނަމަވެސް ވެރިކަމަށް އައިސް އެމްޑީޕީއަށް ވެސް ދެއްކުނު ތަފާތެއް ނެތްކަމަށް އީވާ ވިދާޅުވި އެވެ.

މިހާރު އޮތީ އޭރު އޮތް ހާލަތަށް ވުރެ ވެސް ގޯސް ހާލަތެއްކަމަށް ސިފަކުރައްވައި އީވާ ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން އެކަން އާއްމު ކުރީތީ ކަންބޮޑުވާކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް އަމާޒުކޮށް އީވާ ވިދާޅުވި ގޮތުގައި ސަރުކާރުން އެކި ވަޒީފާތައް އުފެއްދި އެވެ. އަދި އެ ދުވަސްވަރު އެންމެ ބޮޑަށް ސަރުކާރުން ކުރި މަސައްކަތަކީ ކަޅު ފައިސާ ބެހުންކަމަށާއި، އެމްޑީޕީގެ ނަމުގައި ހިނގާ އެފަދަ އަމަލުތައް ބަލަން ނުތިބެވޭނެކަމަށް އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ދުވަސްވަރު ވެސް، ރައީސް ނަޝީދުގެ ފަރާތުން އެންމެ ބޮޑަށް ކުރި ތުހުމަތަކީ ކުންފުނިތަކުގެ ވެރިން ރަށްތަކަށް ގޮސް ވަޒީފާތައް ބެހުމެވެ. އަދި ވަޒީފާތަކުގެ ކުރިއެރުން ހައްގު ނޫން މީހުންނަށް، ޕްރޮމޯޝަން ދިނުމާއި އިންތިހާބުގައި ވަކި ވިސްނުމެއް ހުރުމުގެ ސަބަބުން އެ މީހުން އެހެން ރަށްތަކަށް ބަދަލު ކުރުން ނުވަތަ އިތުރު ގޮތަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: