ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ކައުންސިލްގެ ގޮނޑި ކަށަވަރުކުރި 25 ނަން! އިންތިހާބް ދިޔައީ ވަރަށް ވާދަވެރިކޮށް!

ޖުމްހޫރީ ޕާޓީގެ ވޯޓްލުން ކުރިއަށް ދަނީ / ފޮޓޯ: ޖުމްހޫރީ ޕާޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީޕާޓީގެ އެންމެ ބާރުގަދަ އެއް ގުނަން، އެޕާޓީގެ ކައުންސިލަށް ވަރަށް ވާދަވެރި އިންތިހާބެއްގެ ތެރެއިން 25 ފަރާތެއް އިންތިހާބް ވެއްޖެއެވެ. 64 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބްގެ ވޯޓުގުނުން ނިމުނީ ރޭ ފަތިސްވީ ފަހުންނެވެ.

ޖުމްހޫރީޕާޓީގެ ކައުންސިލަކީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބްގައި ކެންޑިޑޭޓެއް ވާދަކުރާނެތޯ ނުވަތަ ނޫންތޯވެސް ނިންމާ ގުނަވަނެވެ. އަދި ރިޔާސީ އިންތިހާބަށް އެޕާޓީގެ ފަރާތުން ނުކުންނަ ކެނޑިޑޭޓް އަމަލުކުރަންޖެހޭ އެންމެހާ ކަންކަންވެސް ނިންމަކީ ކައުންސިލުންނެވެ.

އިއްޔެ ބޭއްވި އިންތިހާބްގައި ކައުންސިލްގެ 25 ގޮނޑި ކަށަވަރުކުރި ފަރާތްތަކަކީ،

  1. މުޙައްމަދު އަދުހަމް ތުނޑި. ހުދުވިލާގެ / ލ. ގަން 442 ވޯޓް
  2. ޝިހާމް މުޙައްމަދު )ސިމްބެ( ރަތްވިލާގެ / އދ. މާމިގިލި 403 ވޯޓް
  3. ފާޠިމަތު ނިޟުމާ )ނިޒޫ( ވ. ވަފާ / މާލެ 394 ވޯޓް
  4. އަމިނަތު މަދީޙާ )މަދީ( ދަފްތަރު ނަންބަރު ރސ 9456 / މާލެ 374 ވޯޓް
  5. ޙުސައިން ރަޝީދު )މީޑިއާ ހުސައިން( ހ. ސަންގު / މާލެ 368 ވޯޓް
  6. މުޙައްމަދު ފިކުރީ ދަފްތަރު. ނަންބަރު ދރ. 2684 / މާލެ 364 ވޯޓް
  7. ޝެއިޚް މޫސާ ނިޒާރު އިބްރާހީމް ދަފްތަރު. ނަންބަރު ދރ 5371 / މާލެ 348 ވޯޓް
  8. ޙުސައިން ނޫރައްދީން ނާޞިރު )ނޫރު( މޫންލައިޓްހައުސް / ސ. މަރަދޫ 348 ވޯޓް
  9. ޢަލީ ސާމިން ފިނިވާގެ / އއ. ތޮއްޑޫ 339 ވޯޓް
  10. ޙުސައިން ޝަފީޢު )ޝާއްޕެ( މއ. ސްޕްރިންގ ރިވާރ / މާލެ 330 ވޯޓް
  11. ފަރުޒާނާ ސަޢީދު ހޯދަޑު، އިތާ / ޏ. ފުވައްމުލައް 328 ވޯޓް
  12. ޒުބައިރު މުޙައްމަދު ދަފްތަރު. ނަންބަރު ރސ 15242 / މާލެ 317 ވޯޓް
  13. ޢަލީ ޝަމީލް ގ. ބްރައިޓްސްޓާރ / ކ. މާލެ 308 ވޯޓް
  14. މުޙައްމަދު ހާނިމް މ. ފުސްތުޅާގެ / ކ. މާލެ 291 ވޯޓް
  15. މުޙައްމަދު ފިރާގް ހ. ލޭޑީބާރޑް / މާލެ 286 ވޯޓް
  16. ޢާއިޝަތު ޒީނާ ހ. ބްލޫމޫން / މާލެ 277 ވޯޓް
  17. ޙަސަން ޝާހް ބަގީޗާގެ / ސ. މަރަދޫފޭދޫ 274 ވޯޓް
  18. އަޙްމަދު އިބްރާހީމްފުޅު )ދުފާ އަޙުމަދު( ބަހާރުގެ / ނ. ވެލިދޫ 271 ވޯޓް
  19. މުޙައްމަދު އާޠިފް ދަޑިމަގު މުރާކި / ޏ. ފުވައްމުލައް 262 ވޯޓް
  20. އިނާޔަތު ތައުފީޤު ދަފްތަރު. ނަންބަރު ރސ 5803 / މާލެ 262 ވޯޓް
  21. އާދަމް ސާމީ ޑްރީމް / ތ. ވިލުފުށި 259 ވޯޓް
  22. ޢިމާދު ޙަސަން ލަޠީފް ހ. މާވަޑިގެ / މާލެ 256 ވޯޓް
  23. ޢަލީ ޢާދިލް އޯކިޑްމާގެ / ގއ. ގެމަނަފުށި 255 ވޯޓް
  24. މުޙައްމަދު ނާޒިލް ސީސަންގެ / ގއ. ގެމަނަފުށި 255 ވޯޓް
  25. ޢަބްދުލް ޢަލީމް ޝާހުދީން ފެހިފަރުދާގެ / ތ. ވިލިފުށި ވޯޓް

މީގެއިތުރުންވެސް ޖޭޕީ ކައުންސިލްގައި އިތުރު ފަރާތްތައް ހިމެނޭނެއެވެ. އޭގެތެރޭގައި ލީޑަރާއި، ޑެޕިއުޓީ 5 ލީޑަރުންނާއި، ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސާއާއި، ޖުމްހޫރީޕާޓީ ހިމެނޭ ސަރުކާރެއްގެ ވަޒީރުންނާއި، އެޕާޓީގެ ލީޑަރު އައްޔަންކުރާ އެޑްވައިޒަރުންނާއި، އެޕާޓީން ކަނޑައަޅާފައިވާ އެކި ދާއިރާތަކުގެ ރައީސުން ހިމެނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އިސްވެ ކޯލިޝަނެއް އުފައްދަން ނުވަތަ އެ ޕާޓީގެ ކެންޑިޑޭޓަކު ނެރެން ގޮވާލާ ގަރާރު ޖޭޕީގެ ކޮންގްރެސް އިން ރޭ ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް އެއީ އަމަލުކުރުން ލާޒިމް ގަރާރެއް ނޫނެވެ. ރިޔާސީ އިންތިހާބްގައި ޖޭޕީގެ ފަރާތުން އަމަލުކުރާނެ ފަހު ގޮތް ނިންމާ ތަނަކީ އެޕާޓީގެ ކައުންސިލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: