ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އިބްރާޙިމް ކުއްލިގޮތަަކަށް ރައީސް ސާލިހް އާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް !

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައިސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުއްލި ގޮތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ވަޑައިގަންނަވައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ވީޑިއޯއަކުން ފެންނަނީ ގާސިމް ރައީސް އޮފީހަށް ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ.

ގާސިމް ރައީސް އޮފީހަށް ވަޑައިގެންފައިވާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ދާދި ފަހުން ބޭއްވި ކޮންފަރެންސްގައި އޭނާ ވަނީ މި ސަރުކާރަށާއި ރައީސް ސާލިހް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގާސިމް ވަނީ އޭނާ ހިންގަމުންގެންދާ ވިލާ ކޮލެޖްގެ މުއްދަތު ސަރުކާރުން އިތުރުކޮށްދީފައިނުވާތީ އެކަމާ ނުރުހުންވުން ފާޅުކޮށްފައެވެ.

ގާސިމް ވިދާޅުވީ މިސަރުކާރަށް ތައުލީމް މުހިއްމު ނުވާ ކަމަށެވެ. އަދި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ އިސްލާހުތައް ގެނެވޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގާސިމް ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޖުމްހޫރީ ޕާޓީގެ ކޮންފަރެންސްގައި ތައުރީފް ކުރައްވައި އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއި ގާސިމް އާއި އެކީގައި އުޅުއްވި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ގާސިމްއަށް އެހީތެރިކަން ބޭނުންވި ވަގުތު ފޯރުކޮށްދިންކަން ފާހަގަ ކޮށް ޝުކުރު އަދާ ކުރައްވާފައެވެ.

ގާސިމް ވިދާޅުވީ އޭނާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ރަނގަޅު ވާހަކަ ދައްކަވައި މިހާރުގެ ރައީސް ސާލިހްގެ ރަނގަޅު ވާހަކަ ނުދައްކަވާ ކަމަށް ބަޔަކަަށް ހީވެދާނެ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ކަމެއް ކުރެވޭނެ ގޮތެއްވެސް އަދި އިތުރަށް ހިނގައިގަނެވޭނެ ގޮތެއްވެސް ނެތިފައިތިބި ކަމަށެވެ. ގާސިމް ސަރުކާރަށް ސުވާލުކުރައްވައި ވިދާޅުވީ ކޮލެޖް ހިންގުމުގެ  މަސައްކަތް އޭނާ ހުއްޓާލަންވީތޯ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އިތުބާރާއި ނުލާ ދުނިޔޭގައި ނޫޅެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ އިންސާނުން ކުށްކޮށް ގޯސްވެސް ހަދާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ކުރަންޖެހޭ ކަންކަން ދިގުލައިގެން ލަސްވެގެން ގޮސް ދިހަ އަހަރުކޮލަށް ސޮއްސާލީމާ އެކަން ކަމުނުދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: