ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީ އިން ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަނީ!

ހިޔާ ފްލެޓު ސަރަހައްދު/ ފޮޓޯ- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ސަރަހައްދުގައި ވަގުުތީ މާރުކޭޓެއް ބިނާ ކުރުމަށް 18 ގޮޅިއެއް ދޫކުރުމަށް ނިންމާފައިވާކަމަށް އެޗްޑީސީއިން އިއުލާނުކޮށްފިއެވެ.

އެޗްޑީސިން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން، އެ ކުންފުނިންވަނީ ރޯދަމަހަށް ހާއްސަކޮށް ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ބިނާ ކުރުމަށް ނިންމާފައެވެ. އަދި އެ ސަރަހައްދުން ޖުމުލަކޮށް 18 ގޮޅި ދޫކުރުމަށް ކަނޑައެޅިފައިވާއިރު އެތަނުން 9 ގޮޅިއެއް ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން ބާކީ 9 ގޮޅި އާންމުކޮށް އިއުލާނުކޮށް ހުޅުވާލާނީއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި މަސައްކަތްތައް ކުރުމުގެ މަގުސަދަކީ ރޯދަމަހުގެ ތެރޭގައި ލުއި ފަސޭހަތަކެއް ހޯދައިދިނުންކަމަށެވެ.

މީގެ އިތުރުން އެޗްޑީސީއިން ބުނެފައިވާގޮތުން އެ ކުންފުނިންވަނީ މާލެ ސިޓީ ކައުންސިލަށްވެސް ވަގުތީ މާރުކޭޓެއް ހެދުމަށް ބިން ހަމަޖައްސައިދީފައެވެ. އަދި އެކަން ކުރެވިފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާތީކަަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، އެ ކުންފުނިންވަނީ އެސްޓީއޯގެ ވަގުތީ މާރުކޭޓު ބިނާކުރުމަށްވެސް ފުރުސަތު ފަހިކޮށްދީފައެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރުމުގައި އެ ކުންފުނީގެ އެއްބާރުލުން އެންމެހާ މުއައްސަސާތަކަށްވެސް ލިބޭނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: