ހިދުމަތަކީ ނުހިއްޓި ދެނޭވެ އެއްޗަކަށަށް ހެދުމަށާއި ރައްޔިންނަށް ފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އަމާޒުހިފާފައިވާކަމަށް އެންވަޔަރުމެންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ގައުމީ ޑިޖިޓަލް އައިޑެންޓިޓީއެއް ތައާރަފްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން އެންވައިރަމެންޓު މިނިސްޓްރީއިން އެންސީއައިޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ގައުމީ އައިޑެންޓިޓީއެއްގެ މުހިންމުކަން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު 2023 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އައިޑީއެއް ނެތި މިހާރު އެއްވެސް ހިދުމަތެއް ލިބިގެން ނުދާކަމަށެވެ.
އޭނާ ވިދާޅުވީ، އައިޑެންޓިޓީ ނިޒާމުގައި އެތައް އައިޑެންޓިޓީއެއް ހުރިކަމަށެވެ. އަދި ވަކި މީހެއްކަން އައިޑެންޓިފައިކުރެވޭނެ ލިޔެކުންތައްވެސް ގެންގުޅޭކަމަށާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުވެސް ބޭނުންކުރާކަމަށެވެ. އޭނާ ވިދާޅުވީ، ޕާސްޕޯޓާއި ވާކް ޕާމިޓުކާޑު ފަދަ އެތައް ލިޔެކިއުމެއް ބޭނުންކުރަމުންދާކަމަށެވެ.
ޝަރީފް ވިދާޅުވީ، އެ ލިޔެކިއުންތައް ބޭނުންކުރަނީ ހިދުމަތްތައް ލިބިގަތުމުގައި އެ މީހާއަކީ ކާކުކަން އެންގުމަށްކަމަށެވެ. އެހެންނަމަވެސް ޒަމާން ބަދަލުވެފައިވާކަމަށާއި މިހާރު ޑިޖިޓަލް ހިދުމަތްތަކެއްގެ ބޭނުންޖެހިފައިވާކަމަށެވެ. އަދި ސަރުކާރުން ޑިޖިޓަލްކޮށް ހިދުމަތްތައް ދޭން ބޭނުންވާކަމަށާއި އިންޓަރނެޓު ލިބޭ ކޮންމެ ތާކުން ކޮންމެ ގަޑިއެއްގައިވެސް ހިދުމަތް ދިނުމަށް ބޭނުންވާކަމަށެވެ.
އޭނާ ވިދާޅުވީ، ހިދުމަތަކީ ހުއްޓޭނެ އެއްޗެއްކަމަށް ނަހަދާ ހިދުމަތަކީ ރައްޔިތުންނަށް ފަސޭހަ ވަގުތެއްގައި ލިބޭނެ އެއްޗެއް ގޮތަށް ހެދުމަށް މަސައްކަތްކުރައްވަމުންދާކަމަށެވެ. އެހެންކަމުން ޑިޖިޓަލް އައިޑީއަކީ ”ޑިޖިޓަލް ޖަޒީރާ ރާއްޖެ“ އުފެއްދުމުގެ މައިގަނޑު އެއް ބިންމާކަމަށް ދެކިވަޑައިގަންނަވާކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ޑިޖިޓަލް ހުޅުވާލުމުގެ ތަޅުދަނޑިކަން ފާހަގަކުރައްވާކަމަށެވެ.
ސައިބަރ ސްޕޭސް މެދުވެރިކޮށް ހިދުމަތް ހޯދުމާއި ކައުންޓަރެއް ދޮށަށް ގޮސް ހިދުމަތެއް ހޯދުމާއި ތަފާތުކަމަށެވެ. އޭނާ ވިދާޅުވީ، ކައުޓަރަކަށް ގޮސް އައިޑީ ދައްކާ ގޮތަށް ސައިބަރސްޕޭސްގައިވެސް ދެކެވެން ޖެހޭކަމަށެވެ. އަދި ޒަމާން ބަދަލުވެގެން އަންނައިރު އާންމު ދިރިއުޅުމުގައި ބޭނުންކުރަމުންދާ ޕްލާސްޓިކްގެ އަދަދުތައްވެސް މަދުކުރަންޖެހޭކަމަށެވެ.
ޝަރީފް ވިދާޅުވީ، ޕްލާސްޓިކް ކޮންމެވެސް ތަނަކަށް އުކާލަންޖެހޭނެކަމަށެވެ. އެހެންކަމުން ޕްލާސްޓިކް ބޭނުންކުރާ މިންގަޑުތައް ދަށް ކުރަންޖެހޭކަމަށާއި ޑިޖިޓަލް ހިދުމަތްތަކަށް އޮންނަ ބަރޯސާ އިތުރުކޮށް ދިވެހިންގެ އައިޑެންޓިފިކޭޝަން ޑިޖިޓަލްކޮށް އެހެން މީހުންނަށާއި އޮންލައިންކޮށް އެއް މިންވަރަކަށް ދެއްކޭނެ އެއްޗެއް ކަމަށް ހަދަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ އަމާޒު ހާސިލު ކުރުމުގެ ގޮތުން، މިހާރު ބޭނުންކުރަމުންދާ އެކި އެކި އައިޑެންޓިޓީތައް ”ރީ އިމޭޖިން“ ކުރަންޖެހޭކަމަށެވެ. އެހެންކަމުން މުޅިން އާ ނިޒާމަކަށް ދާންޖެހޭކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކާއި ފައި ހަމަވާ ހިސާބަށް ދިއުމަށް ރާއްޖެއިން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ މަސައްކަތްތަކުގެ މަތިން ކުރިއަށް ވަޑައިގެންނެވުމަށް ބޭނުންވެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ކުރިއަށް ދިއުމުގައި ތިން މައިގަނޑު އަސާސެއް ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އައިޑެންޓިޓީއަކީ ”ހަދަން“ ފަސޭހަ، ބޭނުންކުރަން ފަސޭހަ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. އެހެން ނޫން ނަމަ، ރައްޔިތުން އެ އައިޑީއެއް ބޭނުންކުރާކަށް ބޭނުން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބިނާ ކުރާ އައިޑެންޓިޓީއަކީ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކޮށްދޭނެ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. އަދި އެއީ އެމީހެއްގެ ޒާތީ މައުލޫމާތުތަކުގެ މައްޗަށް ބާރުވެރިކުރުވާ އައިޑެންޓިޓީއަކަށް ވާންޖެހޭކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ވަރަށް މުހިންމު މަގުސަދެއްގައި ކުރުމަށް ކަނޑައެޅިފައިވާ ކަމެއްކަމަށެވެ.
ޝަރީފް ވިދާޅުވީ، ޑިޖިޓަލް އައިޑެންޓިޓީއަކީ ޕީވީސީ ކާޑެއްގައި ޕްރިންޓު ކުރެވިފައިވާ އެއްޗަކާއި ވަރަށް ތަފާތު އެއްޗެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ އައިޑީއަކީ ވެރިފަރާތުގެ ޒާތީ މައުލޫމާތު ހިމެނޭ ގޮތަށް، ޑިޖިޓަލްކޮށް އެ މީހަކީ ކާކުކަން ރަމްޒުކޮށްދޭ އެއްޗެއްކަމަށެވެ. އެހެންކަމުން އެ އައިޑެންޓިޓީ އަކީ ޒާތީ މައުލޫމާތުތައް ރައްކައުތެރިކޮށްދެވޭ އެއްޗަކަށް ވާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަސޭހަވެގެން އަދި ބާރުވެރިކުރުވުމުން ނިމިގެން ނުދާކަމަށެވެ. އަދި މިހާރު ރައްކައުތެރި ކުރެވެން އޮތް އެންމެ މަތީ މިންވަރަކަށް ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަބަދުވެސް ރައްކައުތެރިކަން އިތުރު ކުރުމުގެ މަސައްކަތްތައްވެސް ކުރަންޖެހޭނެކަމަށެވެ.

