ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖްކުރުމުގެ ގަވައިދާއި ހިލާފުވެއްޖެ ނަމަ ބޮޑެތި ޖުރިމަނާތަކެއް، ބިލަށް އާއްމުންގެ ހިޔާލު ހޯދަނީ!

ބ. އަތޮޅުގެ ރަށްތަކުން ބޭރަށް ފޮނުވުމަށް އެއްކޮށްފައިވާ ކުނިތައް/ ފޮޓޯ: ސޮނެވާ ނަމޫނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖްކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ކުނި މެނޭޖު ކުރުމާއި ގުޅޭގޮތުން ތައްޔާރު ކުރާ ބިލަކީ ރާއްޖޭގައި ކުނި މެނޭޖު ކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގާ، ބެލެހެއްޓުމަށްޓަކައި، ކުނި މެނޭޖު ކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް އަދި އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ.  މިނިސްޓްރީން ބުނީ އެ ބިލަށް އާންމުން ހިޔާލު ހުށަހަޅަން ބޭނުން ނަމަ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހެޅަންޖެހޭނެ އެވެ.

މި ގަވައިދުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، އަދި ތިމަވެއްޓަށް ލިބޭ ގެއްލުންތައް ހުއްޓުވުމެވެ. އަދި ކުނި އުފައްދާ މިންވަރު މަދުކުރުމާއި، ކުނި ރީސައިކަލް ކުރުމުގެ އިތުރުން ކުނިން ބޭނުންތެރި ބައިތައް އިއާދަ ކުރުމަށް ބާރު އެޅުމެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާއި އެކަށީގެންވާ މިންވަރެއްގެ ކުނި މެނޭޖުކުރާ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި އަދި އެކަން ކަށަވަރު ކުރުމެވެ.

މި ބިލު ގާނޫނަށްކަށްވުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި، ޕިކްނިކް އައިލެންޑުތައް އަދި ސިނާއީ މަސައްކަތްތައް ކުރުމަސް ދޫކޮށްފައިވާ ތަށްތަކާއި އެ ނޫން ވެސް ކުނި އުފެދޭ ތަންތަނުގައި އެތަނަކާއި އެކަށީގެންވާ ކުނި މެނޭޖުކުރާ ނިޒާމެއް ގާއިމުކޮށް ހިންގާކަން ކަށަވަރު ކުރުން ހިމެނެ އެވެ. އެހެން ކަމުން މީގެދަށުން ދެމެހެއްޓެނިވި ގޮތެއްގައި ރަށު ފެންވަރުގައި މެނޭޖު ކުރެވޭ ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ސަރަހައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގާއިމުކޮށް، އެ ނިޒާމުތައް ހިންގާކަން ކަށަވަރު ކުރެވިގެންދާނެ އެވެ.އަދި ޕްލޭނެއް އެކުލަވާލުމަށް ފަހު، އެ ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމުގެ ބައިތައް ބުލުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ކުނި މެނޭޖު ކުރުމުގެ ނިޒާމުތަކަށް ގަސްތުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖު ކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާއި ގުޅިގެން އެފަދަ ފަރާތްތަކާއި މެދި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރާނެ އެވެ.

ކުނިމެނޭޖު ކުރުމުގައި ދޭ އެންމެ ބޮޑު ސަމާލުކަމެއްގެ ތެރޭގައި، އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުން ހިމެނެ އެވެ.

ބިލު ގާނޫނަކަށްވުމާއި އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ގިނަވެގެން ފަސް އަހަރުރުގެ ތެރޭގައި ކުނި މެނޭޖު ކުރުމުގެ ނިޒާމެއް ގާއިމު ކުރަން ޖެހޭނެ އެވެ.

ބިލުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ނުރައްކާތެރި ކުނިތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ އުސޫލާއި، ނުރައްކާތެރި ކުންޏާއި ގުޅޭ ހާދިސާއެއް މެދުވެރިވެއްޖެ ނަމަ ދެން ކަން ކުރަން ޖެހޭ ގޮތް ހިމެނެ އެވެ. އަދި ކެމިކަލް މާއްދާއެއްގެ ސަބަބުން ތަޣައްޔަރުވެފައިވާ މާހައުލު ކަނޑައެޅުމާއި، އިދާރީ ފިޔަވަޅުގެ ބައި ހިމެނެ އެވެ.

ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އޮޕަރޭޓިން ލައިސަންސް ހިފެހެއްޓުމާއި، ބާތިލު ކުރުން، އަދި ޖޫރިމަނާ ކުރުމެވެ.

ކުށުގެ އަދަބުތަކުގެ ތެރޭގައި 5،000 ރުފިޔާ އާއި 50،000 ރުފިޔާ ދެމެދުގެ އަދަދުކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ. އެއީ އައްމު ކުންޏާއި ނުރައްކާތެރި ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ކުންޏެއް އެފަދަތަކެތި އުކާލުމަށް ހާއްސަކޮށްފައިވާ ތަން ފިޔަވައި އެހެން ތަނަކަށް ކުނި އެޅުމާއި، ހުއްދައަކާއި ނުލައި ރާއްޖެއިން އެ ބޭރުކުރުމާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންދިއުން އަދި ޓްރީޓް ކުރުމުގެ މަސައްކަތެއް ކުރުމާއި ގުދަން ކުރުމުގެ އަމަލެއް ހިންގައިފި ނަމަ ފިޔަވަޅު އެޅުމެވެ.

ގާނޫނާއި ހިލާފަށް ރާއްޖެއަށް ކުނި އެތެރު ކުރުމަކީ ވަގުފާރީގެ އަމަލެއްގެ ގޮތުގައި ބަލައި 5 މިލިއަނަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، ޖިނާއީ ދައުވާކުރުމުގެ އިހުތިޔާރު ލިބިގެން ވެއެވެ. އަދި ރާއްޖެއިން ކުނި ބޭރުކޮށްފި ނަމަ ދެ މިލިއަނަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، ނުވަތަ ޖިނާއީ ދައުވާއެއް ކުރުން ނުވަތަ ފަސް މިލިއަނަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

ހޯދަން ޖެހޭ ހުއްދަތައް ނުހޯދާނަމަ ނުވަތަ ގަވައިދަކާއި ހިލާފުވެއްޖެ ނަމަ ފިޔަވަޅަކީ 25،000 ރުފިޔާ އާއި 01 މިލިއަނާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ބިލުގައި ގަވައިދާއި ހިލާފުވެއްޖެ ނަމަ އަޅާނެ އިތުރު ފިޔަވަޅުތައް ވެސް ބަޔާންކޮށްފައި ވެއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ޑްރާފްޓުގައި ވާގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތަށް ރައީސްގެ ލަފާގެ މަތިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: