ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލު އޮތީ އެބޭފުޅުންގެ އަތުގައިކަމަށް!

ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ގެވަޅު ލިބެން ޖެހޭނެކަމަށާއި، އެ ކަން ކުރެވޭނެ ކަމަށް ދެންނެވީ އެކަން އޭނާއަށް ކަށަވަރުވާތީކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލެ ސިޓި ކައުންސިލުން ކުރިއަށްގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކޭތަ ހިފީމާ އިރުހަނދުގެ އަލިކަން ބިމަށް ފޯރަން ދަތިވާ ފަދައިން، ސިޓީ ކައުންސިލަށް ކުރިމަތިކުރާ ހަރުކަށި ހުރަސްތަކުގެ ސަބަބުން ރައްޔިތުންގެ އެތައް އުންމީދެއްގައި ކުލަ ޖެއްސުން ވަނީ އިންތިހާ ދަތިކަމަކަށްވެފައިކަމަށެވެ.

މާލެއަކީ ނުވަތަ މާލެ ސިޓީއަކީ ދިވެހިރާއްޖޭގެ ހިތްކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އެހެންކަމުން މާލެ ސިޓީ އަޅުވެތި ވި ކޮންމެ ފަހަރަކު ރާއްޖެ ވަނީ އަޅުވެތިވެފައިކަމަށެވެ. މި ސަބަބަށްޓަކައި ދިވެހީންނަށް ހަމަލާ ދިން ކޮންމެ ބަޔަކު އެންމެ ބޮޑަށް ފާރަލާފައިވަނީ މާލެއަށްކަމަށާއި، ގެއްލުންދީފައިވަނީ ވެސް މާލެއަށްކަމަށް ފާހަގަކުރެއްވިއެވެ. އަދި ޕޯޗުގީޒުން މާލެ އަރައި، އަލިރަސްގެފާނު ޝަހީދުކުރި ދުވަހުގެ ޒިކުރާ މުއިއްޒު ވަނީ އާކުރައްވާފައެވެ.

މީގެ އިތުރުން މުއިއްޒު އޭނާގެ ވާހަކަގައި ވިދާޅުވީ މާލެ ސިޓީއަށް ލިބޭ ގެއްލުމެއް މުޅި ރާއްޖެއަށް ފެތުރިގެންދާނެކަމަށާއި، އަދި އެއީ އަޅުވެތިކަންކަމުގައިވީ ނަމަވެސް ގެދޮރުގެ ދަތިކަން ނުވަތަ ފަޅުއޮޑި ފަހަރު ލަފައިފުރުމުގެ ދަތިކަން އަދި މަގުތަކުގެ ޓްރެފިކް ކަމަށްވީ ނަމަވެސް ހަމަ އެފަދަކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކި ކަހަލަ އިޖުތިމާޢީ ޞިއްޙީ އަދި އަޚްލާޤީ ބަލިތައް ކަމަށް ވިޔަސް ހަމަ އެ ފަދަކަމަށެވެ.

އެހެންކަމުން މާލެ ސިޓީގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މުހިންމުކަން ހަމަ އެއް ގޮތަކަށް ވެސް އަޅުގަނޑަކަށް ނޯޅޭ.

މާލެ ސިޓީގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މުހިންމުކަން އޭނާއަށް ނޯޅޭކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ބަލައިލާ އިރު އެންމެ ބޮޑު އެއްކަމަކަށް ރޭވެސް ފާހަގަކުރެވިގެން ދިޔައީ ގެދޮރާއި ބިމުގެ ދަތިކަންކަމަށާއި، މިއީ މާލެ ސިޓީގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ކަމެއް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގެވަޅު ލިބެން ޖެހޭނެކަމަށާއި، އެ ކަން ކުރެވޭނެ ކަމަށް ދެންނެވީ އެކަން އޭނާއަށް ކަށަވަރުވާތީކަމަށާއި، އަދި ކުރެވޭނެކަމުގެ ޔަގީންކަންވެސް އޮތްކަމަށެވެ. އަދި ކަމާ ބެހޭ ހުރިހައި ހޯދުންތަކެއް ހޯދައި މައްސަލައިގެ ހައްލު ހޯދައިފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ހައްލުގެ ގޮތުގައި މުއިއްޒު ވިދާޅުވީ ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކުމާއި، ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިން ހިއްކުމާއި އަދި ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކުމެވެ. އޭރުން ޖުމުލަ އެވީ 1380 ހެކްޓަރުގެ ބިންކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

މި ބިންތައް ހިއްކައި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ދޭންވީ، ގޯތި ބޭނުންވާ މީހުންނަށް ގޯތި ފްލެޓު ބޭނުންވާ މީހުންނަށް ފްލެޓު ދޭންވީ. މާލެ ސިޓީގައި ގެދޮރުގެ ދަތިކަން ފޯރާފައިވާ 50000 އާއިލާއަށް މި ނިސްބަތުގެ ބިމުން ގޯއްޗާއި ފުލެޓުދީ ދިގު މުއްދަތަކަށް މައްސަލައަށް ހައްލު ހޯދައިދެވޭނެ.

މި ބިންތައް ހިއްކައިގެން ދެގޮރުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މީހުނަށް ގޯތި ދީގެން އެ މައްސަލައަށް ހައްލު ހޯދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ މާލެ ސިޓީގައި ގެދޮރުގެ ދަތިކަން ފޯރާފައިވާ 50000 އާއިލާއަށް މި ނިސްބަތުގެ ބިމުން ގޯއްޗާއި ފުލެޓުދީ ދިގު މުއްދަތަކަށް މައްސަލައަށް ހައްލު ހޯދައިދެވޭނެކަމަށެވެ. އެއާއެކު ރައްޔިތުންނަށް ބުރަކަމެއް ނާންނާނެ ލުއި އަގުގައި ހައުސިން ލޯން ސްކީމްތައް މަރުކަޒީ ބޭންކުން ރެގިޔުލޭޓް ކޮށްގެން ބޭންކްތަކުން ލިބޭނޭ ގޮތް ހަމަޖައްސައި، ހައުސިންގ ސަބްސިޑީ ސްކީމެއް ތަޢާރަފް ކުރުމުން ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް ހޯދައިދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: