ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ސަބަބުން މިނިމަމް ވޭޖު ކަނޑައެޅުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި: ރައީސް ސާލިހު

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް އިފުތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިމަމް ވޭޖު ކަނޑައެޅުމަކީ މަސައްކަތްތެރިންގެ ހައްގުގައި ކުރެވުނު މުހިންމު މަސައްކަތްތަކެއްކަމަށާއި، ކޮވިޑް 19 ގެ ބަލި މަޑުކަމުގެ ސަބަބުން މިކަމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި ޔޫނިއަންއަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއްކޮށްދީފައިވާ އަދި ކުރަމުން އަންނަ ވަރަށް މުހިންމު ޖަމާއަތެއްކަމަށެވެ. މި ސަރުކާރުންނާއި، މި ޔޫނިއަންގެ އަމާޒުވެސް ހުރީ އެއް މިސްރާބަކަށްކަމަށް ވިދާޅުވިއެވެ.

އެއީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީ، އެމީހުންގެ ހާލަތު ރަނގަޅުކުރުންކަމަށާއި، މި ވެރިކަމުގެ ފާއިތުވީ 4 އަހަރުގެ ތެރޭގައި މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތްތެރިންގެ އާއިލާތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އެކަމަށް މި ސަރުކާރުން ސިޔާސަތުތަކެއް ކަނޑައަޅާފައިވާކަމަށާއި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމާއި ގުޅޭ ގޮތުން ޓްރޭޑް ޔޫނިއަން އާއި ގުޅިގެން ވަރަށް ގިނަ މަޝްވަރާތަކެއްވެސް ކުރެވިފައިވާކަމަށް ވިދާޅުވެ، 2021 ވަނަ އަހަރުގެ ތެރޭގައި ހުދު އެމަނިކުފާނުވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތިންކަމަށް ފާހަގަކުރެއްވިއެވެ.

ހައްގުތައް ހޯދުމަށް ކުރެވޭނެ އެތައް ބައިވަރުކަމެއްވެސް ހުރިއިރު، މަޝްވަރާގެ މޭޒު ހިޔާރުކުރައްވާތީ ރައީސް ވަނީ އުފާފާޅުކުރައްވާފައެވެ. އެގޮތުން އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށާއި، އެއީ ދެބަސްވުންތަކާއިމެދު ވާހަކަދެކެވި، ދެފަރާތަށް ގަބޫލުކުރެވޭ މެދުމިނުގެ ހައްލުތަކަކަށް ވާސިލްވެވިފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރާއިއެކީ ޓްރޭޑް ޔޫނިއަން އިން ކުރައްވާ މަސައްކަތްތަކަށް ރައިސް ވަނީ ޝުކުރުދަންނަވާފައެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މި ސަރުކާރުން ކުރި އެންމެ މުހިންމުކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މިނިމަމް ވޭޖު ތައާރަފުކުރުމެވެ. ރައިސް ވިދާޅުވި މިނިމަމް ވޭޖު ކަނޑައެޅިފައި އޮތް ނަމަވެސް އެކަން ތަންފީޒުކުރުމަށް ކުރީ ސަރުކާރުތަކުން މާ ބޮޑު ސަމާލުކަމެއްދީފައި އޮތްކަމެއް ނޫންކަމަށެވެ.

ފަހަރުގައި ވެދާނެ އެ ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރަން ނެތީމައި، އެއީ ދެން ހަމަ ބަލަހައްޓައިގެން ތިބެންވީކަމެއްގެ ގޮތުގައި ދެކިފައި އޮތީކަމަށް

މިނިމަމްވޭޖު ކަނޑައެޅުމުގައި ވަރަށް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިވީކަމަށާއި، އެގޮތުން ކޮވިޑްގެ ސަބަބުން އިގްތިސާދަށް އައި ހީނަރުކަން ރައިސް ވަނީ ފާހަގަކުރައްވާފައެވެ. މިނިމަމް ވޭޖުގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް އޭގެ މަންފާކުރަމުން އަންންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: