ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ކަންކަމާ ދެކޮޅު ހަދާމީހުން ޖެހޭނީ ސައިޒަށް ތިރިވާން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަން އެއަރޕޯޓް ވެސް އަދި ބިން ހިއްކުމުގެ މަޝްރޫއަކީވެސް އައްޑުއަތޮޅުގެ ރައްޔިތުންގެ ފުރިހަމަ އުއްމީދާއި ގުޅިފައިވާ ކަންކަން ކަމާއި އެކަމާ ދެކޮޅު ހަދާ މީހުންވެސް ޖެހޭނީ ސައިޒަށް ތިރިވާން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް އެކި ސިފަސިފައިގައި ހުރަސްއަޅަން ބޭނުންވި ބޭފުޅުން ތިބިކަން ހިތާމައާއި އެކުގައި ފާހަގަކުރާ ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކި ހުރަސްތައް ކުރިމަތި ކުރުވިތަން ގާތުން ފެނުނު ކަމަށް  ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އޭނާވެސް ހިމަނައިގެން މަޖިލިސް މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރަމުން ގެންދާ މަސައްކަތަށް ޝަރީފް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޝަރީފްގެ ވާހަކައިގައި އައްޑޫގެ ތަރައްގީ އަކީ އައްޑޫ ރައްޔިތުން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި އެންމެ ފުރަތަމަ އެއަރޕޯޓެއް ގާއިމް ކުރީ 50 ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސ ވިލާތުގެ އެއަރފޯސްގެ ފަރާތުން އައްޑޫގައި ވަޒަންވެރިވެ އުޅުނު ދުވަސްވަރުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއަރޕޯޓްް އެޅުފަަށްފަހު 1976 ވަނަ އަަހަރު އިނގިރޭސިން އެނބުރި ގައުމަށް ދިޔައީ  ދިވެހި ސަރުކާރާއި އައްޑޫ އެއަރޕޯޓް ހަވާލުކުރުމަށް ފަހުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

80 ގެ އަހަރުތަކުގައި ޕެސެންޖަރ ޓާމިނަލްގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި 90 ގެ ކުރީކޮޅު އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ތަކުގެ ތެރޭގައި ޑޮމެސްޓިކާއި ކާގޯ ފްލައިޓްތައް ޖެއްސުމަށް މަސައްކަތް ތަކެއް ކުރެވިގެން ދިޔަކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓް ހުޅުވިގެން ދިއުމާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 2008 ވަނަ އަހަރުގެ ތެރޭގައި އައްޑޫ އެއަރޕޯޓް އައު ޕެސެންޖަރ ޓާމިނަލް އަކާ އެކު އަޕްގްރޭޑް ކުރެވިގެން ދިޔަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގެ އެއަރޕޯޓަށް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބަދަލުތަކެއް ގެނެވިގެން ދިޔަ ނަމަވެސް މިއަދާ ހަމައަށް ފާހަގަ ކުރެވޭ ބޮޑު ބަދަލެއް އެއަރޕޯޓަށް ގެނެވިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން 28.5 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫގެ އެއަރޕޯޓް ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 4.5 ބިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ކާގޯ ފެސިލިޓީ އެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ވަނީ ހަމަޖެހިފައެވެ.

އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ ރެނާޓަސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: