ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުން އެންގީ ޔާމިންގެ އިސްތިއުނާފީ މައްސަލަ އިސްލާހު ކުރަން، އަނެއްކާވެސް އިދިކޮޅުގެ ކަންބޮޑުވުންތަކެއް!

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް، އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އިސްލާހު ކުރުމަށް ފޮނުވާފައި ވާތީ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލައިގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ ހުކުމް މިހާރު ވަނީ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފަ އެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް އަދިވެސް ތާވަލުކޮށްފައި ނުވާތީ، އިދިކޮޅުން ވަނީ ކަންބޮޑުވުންފާޅުކޮށް އެއީ ގަސްތުގައި ކުރާ ލަސްކުރުމެއްކަމަށް ސިފަކޮށްފަ އެވެ.

ހުކުމް އިސްތިއުނާފު ކުރިތާ މަހަކާއި ގާތްވެފައި ވަނިކޮށް، ހައިކޯޓުން ވަނީ އިސްތިއުނާފު ފޯމު އިސްލާހު ކުރުމަށް ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފަ އެވެ. އެކަމަކު އިދިކޮޅުން ބުނީ، އެއީ ރައީސް ޔާމީންގެ މައްސަލައަށް ހުރަސްއެޅުން ކަމަށެވެ.

ކޯޓުގައި އެހެން މައްސަލަތަކެއް ހުރުމުގެ ސަބަބުން، އިސްތިއުނާފު އަވަސް އަރުވާލައިގެން ކުރިޔަށް ގެންދަން ނުޖެހޭކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. އެކަމުގެ ރައްދުގައި މިއަދު އިދިކޮޅުން ބުނެފައި ވަނީ، މިއީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައަކަށްވާއިރު އެ ހައްގު ގެއްލިގެން ނުވާނެ ކަމަށެވެ.

ވަސީލަތްތައް ނެތްކަމަށް ބުނެ، ނުވަތަ ކުރިޔަށް ގެންދަން ޖެހޭ އެހެން ޝަރީއަތްތައް ފުނިޖެހިފައިވާކަމުގެ ބަހަނާ ދައްކައި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ލަސް ކުރުމަކީ އެއީ ބަލައިގަނެވޭނެ އުޒުރެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ޝަރީއަތަކީ، އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރުކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ވޯޓާއި ދެމެދު ބާކީ އޮތީ ފަސް މަސް ދުވަސް ކަމަށެވެ. އެހެންކަމުން އެއްވެސް ގަބޫލު ކުރެވޭ ސަބަބެއް ނެތި، މައްސަލަ ލަސް ކުރުން ބަލައިނުގަނެވޭކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އާއްމު ގޮތެއްގައި ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ހަތަރު އަޑުއެހުމުން ނިންމާލެވޭނެ ކަމަށެވެ. އެހެން ކަމުން ކޯޓުގައި ބެކްލޮގުތައް ހުރުމަކީ އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލެން ޖެހޭ ސަބަބެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ތަފާތު އެކި ފަހަރު މަތީން އެމަނިކުފާނުގެ ގާނޫނީ ޓީމުން މީޑިއާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ހުކުމް ރިޕޯޓު އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ހުލާސާ ބަޔާނާއި ހުކުމުގެ ރިޕޯޓާއި ދިމާ ނުވާކަމަށާއި ރިޕޯޓުގައި އޮތީ ދައުލަތުގެ ބަޔާނުގެ ކޮޕީއެއް ކަމަށެވެ. އިންސާފުވެރިކަމާއި އެކު މައްސަލަ ކުރިޔަށް ގެންގޮސްފި ނަމަ ރައީސް ޔާމީން ހައިކޯޓުން މިނިވަންވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 73%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: