ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ވަގަށް ގޮވާ މެމްބަރުންނަކީ ވެސް ކޮރަޕްޓު ބައެއް: ޣަފޫރު

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލު ބަދަލުވެ، އެހެން ވިސްނުމަކާއި އެކު ކުރިޔަށް ދާން ނިންމާ ހިސާބުން ކޮރަޕްޝަނުގެ ޓެގު ސަރުކާރުގެ ބޮލުގައި އަޅުވާ ރައްޔިތުންގތެ މަޖިލީހުގެ މެމްބަރުންނަކީ ވެސް ކޮރަޕްޓު ބައެއްކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރެގޭއި ހިޔާލުތަފާތުވުންތައް އުފެދި މިވަގުތު އޮތީ ސަރުކާރި އެއްކޮޅު، އަދި ދެކޮޅު ފެކްޝަނެކެވެ. ކޮރަޕްޝަން ނައްތާލައި، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރާކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރައްވަމުން އައި ތާއީދު ރައީސް ނަޝީދު އަނބުރާ ގެންދެވި ހިސާބުން ޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތައް ވަނީ އުފެދިފަ އެވެ. އަދި ދެބޭފުޅުން ވެސް ވަކި މިސްރާބަކަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަނީ ސަރުކާރަށް އިތުރު ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

ތަފާތު އެކި މައްސަލަތައް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ރައީސް ނަޝީދުގެ މެމްބަރުން ގެންދަވަނީ އެކި މައްސަލަތަކާއި ގަރާރުތައް ހުށަހަޅުއްވަމުންނެވެ. އަދި އިދިކޮޅުގެ ބައެއް ގަރާރުތަކަށް ތާއީދު ކުރައްވަައި ވާހަކަ ދައްކަވަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން އިތުރުވަމުން ދާކަމަށް ބުނެ މީގެ ކުރިން ވެސް މަޖިލީހުގައި ބަހުސްތަކެއް ކުރިއިރު މިިއަދު ވެސް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރި ނަމަވެސް އޭގެ ވަކިތަކުން އަދިވެސް ސަލާމަތްވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސީދާ ސަރުކާރު ބަދުނާމު ކުރުމުގެ ބޭނުމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ މެދު ހިތްހަމަނުޖެހޭތީ ކަމުގެ ހަގީގަތް ނުބަލައި ވާހަކަ ނުދެއްކޭނެކަމަށް ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކާއި، އަދި ދައުލަތުގެ އިސްވެރިން ކޮރަޕްޓުކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް މެމްބަރުން ވާހަކަ ދައްކާއިރު އެ މީހުންގެ ހާލަތު ހުރި ގޮތަކީ ކޮބައިތޯ ވިސްނާލުމަށް ޣަފޫރު ގޮވާލި އެވެ. އަދި ވިދާޅުވީ ވެރިކަމުގައި ތިބޭއިރު ސަރުކާރުގެ ތެރެއިން އޭގެ ނާޖާއިޒް ފައިދާ ނެގުމަށް މަސައްކަތް ކުރާ މީހުން ތިބޭނެކަމީ ގަބޫލު ކުރާ ހަގީގަތެއް ނަމަވެސް މަޖިލީހުގައި އެ ވާހަކަތައް އެންމެ ހަރު އަޑުން ދައްކާ ބައެއް މެމްބަރުންކީ އެފަދަ އަމަލުތަކުގެ ބައިވެރިންކަމަށް މެމްބަރު ވިދާޅުވި އެވެ.

”މި މަޖިލީހުގެ އިއްޒަތްތެރި ބައެއް މެމްބަރުންނަކީ ވެސް ހަމަ ކޮރަޕްޝަނުގެ އަމަލުތައް ހިންގަވާފައި ތިބި ބޭފުޅުން…“ ޣަފޫރު

ޣަފޫރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން ރައްޖޭގެ ރަށްތަކުގައި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ދައުލަތެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ފަސް ޖެހެން ޖެހޭ ނުވަތަ އެ މަސައްކަތެއް މަޑުޖައްސާލަން ޖެހޭ ސަބަބެއް ނެތްކަމަށް ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅޭ މުހިންމު އިސްލާހުތައް މެމްބަރުން ހުށަނާޅާ ސަބަބާއި މެދު ސުވާލު އުފައްދައި ޣަފޫރު ވަނީ ރައްޔިތުންގިލީހުގެ އެސްއޯއީ ކޮމިޓީގެ ޒިންމާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ، ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބަށް އަމާޒު ކުރައްވައި ޣަފޫރު ވިދާޅުވީ އެގޮތަށް ސަރުކާރާއި ގުޅުވައި އޭނާ ދައްކަވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

”މިއަދު ސަރުކާރާއި ހިޔާލުތަފާތުވީމައި އައިސް ފާޑުފާޑުގެ އެއްޗިސް ކިޔަނީ.. އެއީ އިހުލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ސަބަބެއް… ވިސްނުމާއި ފިކުރު ހުންނަން ޖެހޭނީ އެއްގޮތަކަށް، ރަނގަޅާއި ދިމާލަށް… ވަކި މީހަކު ވީމާއެއް ނޫން..“ ޣަފޫރު

ކުރީގެ ސަރުކާރުން ވެސް އިސްލާހުތަކެއް ގެނެސްފައި ނުވާކަމަށް ބުނެ ވާހަކަ ދެއްކެވުން ކުރިޔަށް ގެންދެވުމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މި ސަރުކާރު އުފެދުނީ އެކަންކަން އިސްލާހު ކުރުމަށް ނޫން ތޯ ސުވާލު ކުރައްވައި ނަތީޖާއެއް ނުފެންނަކަމަށް ވިދާޅުވެފަ އެވެ. އާމިރު ނެންގެވީ ނިޒާމީ ނުކުތާއެއް ނޫން ނަމަވެސް، އެ ދެއްކެވި ވާހަކައަށް ވިސްނާލުން ރަނގަޅުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަޒީފާތައް ބަހަމުން ދާކަމަށް ބުނެ ވެސް މީގެ ކުރިން މަޖިލީހަށް ކުއްލި މައްސަލަތަކެއް ހުށަހަޅާފައި ވެއެވެ. އަދި ބައެއް ކުންފުނިތަކުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އޮތް ނަމަވެސް ސަރުކާރުން އެކަމަށް ސަމާލުކަން ނުދޭކަމަށް ބުނެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: