ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތި ވިދާޅުވީ، މިފަހަރުގެ ކިންގް މޭކަރަކީ ”ފިކުރެއްގެ ދިރުން“ ކަމަށް!

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: ވަގުތު - އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެގެން ދާނީ ރިޔާސީ އިންތިހާބުގެ ކިންގް މޭކަރަށްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، އުފެދިފައިވާ ދެ ފެކްޝަނާއި އެކު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާއި ދެކޮޅަށެވެ. އަދި ރައީސް ސޯލިހަށް ވެރިކަމުގެ އިތުރު ދައުރެއް ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ޕާޓީގެ ރިޔާސީ ކެނޑިޑެސީ އެމަނިކުފާނަށް ދިނުމަކީ ބޮޑު ގޯހެއްކަމަށެވެ.

“ފިކުރެއްގެ ދިރުން” ގެ ނަމުގައި މިވަގުތު ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ދަށުން ރައީސް ނަޝީދާއި އެމަނިކުފާނާއި އަރިސް މެމްބަރުންގެ ވިސްނުން ހުރި ގޮތް އަދި ސާފެއް ނޫނެވެ. އެކަމަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ގުޅުވައި އެކި ވާހަކަތައް ދެކެވެމުންދާއިރު ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލާ ވާހަކަތައް ވަނީ ދެކެވިފަ އެވެ.

ޖުމްހޫރީ ޕާޓީއާއި އޮތް ގުޅުމުގެ ވާހަކަ ހާމަކަން ބޮޑުގޮތަކަށް ރައީސް ނަޝީދުގެ ފަރާތުން ދައްކަމުން ދިޔަ ނަމަވެސް، އެ ޕާޓީން އަދި މިހާތަނަށް މާ ތަފްސީލުކޮށް އެ ހުށަހެޅުންތަކަށް ވާހަކަ ދައްކާފައި ނުވެ އެވެ.

ޖޮއިންޓް ޕާލިމަންޓް ގުރޫޕެއް އެކުލަވާލާ ވާހަކައާއި، އަދި ފިކުރެއްގެ ދިރުންގެ ޕީޖީގެ ނަމުގައި ބައްދަލުވުންތަކެއް ބާއްވަމުން ގެންދާތީ އެކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލީހުގެ މެމްބަރުން ވެސް ދަނީ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ފާޑުކިއުންތަކަށް ރައްދު ދެއްވައި، އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ތަފާތު ދައްކާނީ ރައީސް ނަޝީދު ކަމަށެވެ. އަދި އެމަނިކުފާނަކީ ކިންގް މޭކަރެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

އާއްމުގޮތެއްގައި ސިޔާސީ މައިދާނުގައި، ކިންގް މޭކަރެއްކަމަށް ވާހަކަ ދެކެވެނީ ގާސިމަށް ނިސްބަތްކޮށެވެ. އެއީ ގާސިމްގެ ތާއީދު ލިބޭ ކޮންމެ ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ލިބޭތީކަމަށް އެ ޕާޓީން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: