ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

52 މިލިއަން ދައްކަން ޔާމީނަށް އެންގި މައްސަލައިގެ އިސްތިއުނާފު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ފުއްގިރި ހިޔާނާތުގެ ދައުވާގައި ޝަރީއަތުގެ ކުރިން ހުށަހެޅި، ހުށަހެޅުންތައް ބަލައިނުގަތް މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތް މައްސަލަ ހައިކޯޓުގައި މާދަމާގެ ހެނދުނު 10:15 އަށް ތާވަލުކޮށްފައިވާކަމަށެވެ. އާރަށުގެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ، ބުދަ ދުވަހުގެ ހެނދުނު 10:15 އަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށް ދާ، ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ އަހަރު އެވެ. ގާތްގަނޑަކަށް ހަ މަސް ފަހުން ހައިކޯޓުން، މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރިއިރު ގިނަ ދުވަސްތަކަށް ފަހު ކްރިމިނަލް ކޯޓުގައި ވެސް އަޑުއެހުންތައް ވަނީ ފަށާފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ޖުމްލަ ތިން މައްސަލައެއް އިސްތިއުނާފުކޮށްފައި ވެއެވެ. އެއީ އާރަށުގެ މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމާއި، ދައުލަތަށް 52 މިލިއަން ރުފިޔާ ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިތުރުން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި މައްސަލަ އެވެ.

އިސްތިއުނާފުކުރި މައްސަލަތަކުގެ ތެރެއިން، އެމަނިކުފާނު މިވަގުތު ތަންފީޒު ކުރަމުންދާ ހުކުމާއި މެދު އަދި ހައިކޯޓުން ގޮތެއް ނުނިންމަ އެވެ. އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅިއިރު، ބައެއް އިސްލާހު ކުރަން ޖެހޭ ބައިތަކެއް ހިމެނޭތީ ކޯޓުން އަނބުރާ ފޮނުވާލީ އެވެ. އެ މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައިވާއިރު އަދި އެ މައްސަލައާއި މެދު ނިންމި ގޮތެއް އެ ކޯޓުން އަންގާފައި ނުވެ އެވެ.

ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތުތަކެއްކޮށް ޝަރީއަތް ކުރިޔަށް ގެންދާއިރު އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި މި ސަރުކާރު އަޑީގައި އޮވެގެން އެމަނިކުފާނަށް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ހިންގާ އަމަލުތަކެކެވެ. އަދި ރައީސް ޔާމީނަށް މިވަގުތު 11 އަހަރުގެ ހުކުމެއް އިއްވާފައި ވީ ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ގެއްލިފައި ނުވާކަމަށާއި، އޭގެ ސަބބަބަކީ އެއީ ބާތިލު ހުކުމަކަށް ވުންކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: