ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމްރު ވަކިކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް ޕީސީބީން ރައްދުދީފި

މިއީ ހާސްވެ، ގެއަށް ކާޑުގެ ބާވަތްތައް ބަސްތާތަކުން ވައްދަންވީ ވަގުތެއް ނޫން: އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ކަމުން ހުސައިން އަމްރު ވަކިކުރީ ގަވާއިދާ ގާނޫނު ތަކާއި ހިލާފަށް ކަމަށް ބުނެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރައްދު ދީފިއެވެ.

ޕީސީބީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތައް ސަރުކާރުން އައްޔަނުކުރާ ފަރާތްތައް އައްޔަނުކޮށް، ވަކިކުރަނީ ދައުލަތުގެ ވިޔަފާރިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރައިޓްކުރުން އަދި މޮނިޓަރ ކުރުން އިވެލިއޭޓް ކުރުމުގެ ގާނޫނގެ ދަށުން އެ ބޯޑުން އެކުލަވާލާ ފާސްކުރި އުސޫލާ އެއްގޮތަށް ކަމަށެވެ.

ޕީސީބީއިން ބުނީ މިހާރު އަމަލު ކުރަމުންދާ އުސޫލު އެކުލަވާލީ އެ ބޯޑުން 2013 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދިޔަ މައިނަގޑު އުސޫލުގެ އަސާސްތަކަށް ބިނާކޮށް އެ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށްފަހުގައި ކަމަށާއި އެހެންކަމުން އެ ބޯޑުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ އެންމެންގެ މަސްލަހަތަށް ބެލުމަށް ފަހު މިނިވަންކަމާއެކުގައި ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގަވާއިދާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ޕީސީބީއިން ކުރަމުންދާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަގާމުން ހުސައިން އަމްރު ވަކިކުރީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީ އާއި އެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަމުން ދަނިކޮށެވެ. ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވައި އަމްރު އެ ބައްދަލުވުުމުގައި ބައިވެރިވެފައިވާތީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ މެމްބަރުން ވަނީ ގޮވާލާފައެވެ.  އަދި އަމްރުވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް އެމަނިކުފާނުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާފައެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރާ ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އޭރުގައި އަމްރަށް ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން އެސްޓީއޯގެ އެމްޑީގެ ހައިސިއްޔަތުން އަމްރު، ޕީއެސްއެމް އަށް ދެއްވި އިންޓަރވިއު އެއް އެ ސްޓޭޝަނުން ނުދައްކައި ކެންސަލް ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަމްރު އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ކަމުން ވަކިކޮށްފައިވަނީ 26 މާރިޗް ވީ އާދިއްތަ ދުވަހުއެެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: