ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ހުށަހެޅުން ބަލައިނުގަތް މައްސަލަ: ޔާމިން އެދުނީ އިސްތިއުނާފު ނިމެންދެން ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް!

ރައީސް ޔާމީންގެ ޝަރީއަތަށް މާލެ ގެންނަނީ | ފޮޓޯ : މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިހާރު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލުމުގެ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.

ހިޔާނާތުގެ ރަށްތަކުގެ ތެރޭގައި ހިމެނޭ، ވ. އާރަށުގެ މައްސަލައިގެ ދައުވާތައް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ހިޔާނާތުގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގައި ދައުލަތުން، ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އޭގެ ތެރެއިން، އެއް މައްސަލައަކީ މިވަގުތު ދަށު ކޯޓުގައި ކުރިޔަށް ދާ ފުއްގިރީގެ ޝަރީއަތްތަކެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ޖުމްލަ ތިން މައްސަލައެއް އިސްތިއުނާފުކޮށްފައި ވެއެވެ. އެއީ އާރަށު މައްސަލައިގެ 11 އަހަރުގެ ޖަލު ހުކުމާއި، ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދެއްކުމަށް އަންގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ނެރުނު އަމުރުގެ އިތުރުން، ފުއްގިރި މައްސަލައިގައި ޝަރީއަތްތަކުގެ ކުރިން ހުށަހަޅަން ޖެހޭ، ހުށަހެޅުންތައް ބަލައިނުގަތުމަށް ގާޟީ ނިންމެވި މައްސަލައެވެ.

މި މައްސަލަތަކުގެ ތެރެއިން، ދަށު ކޯޓުގެ ހުކުމް ބަލައިގަތުމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ. އަދި މިއަދު ހައިކޯޓުން ތާވަލު ކުރީ، ފުއްގިރި ޝަރީއަތަށް ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ އެވެ. މާދަމާއަށް ތާވަލުކޮށްފައި ވަނީ، ދައުލަތަށް 52 މިލިއަން ދެއްކުމަށް ނެރުނު އަމުރުގެ މައްސަލަ އެވެ.

ހައިކޯޓުގައި މިއަދު ފެށި ޝަރީއަތުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ އިސްތިއުނާފުގެ ޝަރީއަތް ކުރިޔަށް ދާ މުއްދަތުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ، އޭނާ ހުށަހެޅީ އެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށެވެ.

ޝިޔާޒް ވިދާޅުވީ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އޭޕްރިލް މަހުގެ 04 އަށް ތާވަލުކޮށް ކޯޓުގެ ޗިޓު ލިބިފައިވާ ކަމަށެވެ. އެއީ އަންނަ އަންގާރަ ދުވަސްކަން ފާހަގަކޮށް ޝިޔާޒް ވިދާޅުވީ ހައިކޯޓުގައި ހިނގާ އިސްތިއުނާފާއި މެދު ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމުގެ އަމުރަކަށް އެދޭ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ވާހަކަތަކަށް ފަހު ދައުލަތުން ބުނީ، އަޑުއެހުން ތާވަލު ކުރިކަމުގެ ނޯޓިސް ލިބިފައި ނުވާކަމަށެވެ. އަދި ހައިކޯޓުގެ އިސްތިއުނާފީ މުއްދަތު ކުރު ވާނެކަމަށް ބުންޏެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ، އާއްމުގޮތެއްގައި އެފަދަ ހާލަތެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތް އާއްމުކޮށް މަޑުޖައްސާލާ ކަމަށެވެ. އެކަމުގައި ސީދާ އުސޫލެއް ނެތުމާއި، އެކު އެފަދަ އަމުރެއް ނެރުމުގައި ދައުލަތުގެ މައްސަލައެއް ނެތްކަމަށް ވަކީލު ވިދާޅުވި އެވެ.

ޝަރީއަތް އިތުރަށް ކުރިޔަށް ގެންދިޔައިރު، ރައީސް ޔާމީންގެ ފަރާތުން މައްސަލައިގައި ތިން އިސްތިއުނާފީ ނުކުތާއެއް ހުށަހެޅި އެވެ. އެއީ ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅި ބައެއް ހެކިތަށް ބަލައިނުގަތުމަށް ހުށަހެޅުމުން، އޭގެ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިމްމުމެވެ. ދެވަނަ ނުކުތާއަކީ، އަލަށް އަމަލު ކުރަން ފެށި ގާނޫނުގައިވާގޮތުގެ މަތީން ހެކިތައް ބަލައިގަތުމާއި ގުޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ލިބިދީފައި ނުވާކާމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅު ހުށަހެޅުން ހިމެނެ އެވެ.

ތިންވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާއި ގުޅޭގޮތުން ނިންމި ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކުރިކަމަށް ބުނެ އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު ދީބަނާޖް ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ރިޔާސަތު ބަލަހައްތަވަނީ ފަނޑިޔާރު ޝަފީއު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: