ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައިފި

ދިވެހިރާއްޖޭގެ ހައިކޯޓު:ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކުރުމުން، އެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް، ހުޅުވާލި ފުރުސަތު ހަމަވެފައި ވަނީ މިއަދަށެވެ.

މުއްދަތު ހަމަވީއިރު، ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ ބެލޫން، ސ. ފޭދޫ/ މަރިޔަމް ވަހީދު އާއި، ހަނދުވަރީނާޒް، ގަދ. ގައްދޫ/ މުހައްމަދު ޝާނީޒް އަބްދުﷲ އަދި ބިއްދޮށުގެ، ފ. ނިލަންދޫ އަލީ އަހުމަދުގެ އިތުރުން ހިރިލަންދޫގެ، ސ. ފޭދޫ/ މުހައްމަދު މިންހާޖެވެ.

ފަނޑިޔާރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ޑިގްރީ އޮތުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 54،300 ރުފިޔާ ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ، 36،000 ރުފިޔާ އާއި ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ރިސްކް އެލަވެން 3،300 ރުފިޔާ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ލިބޭ މެޑިކަލް އެލަވެންސް ވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: