ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

53 މިލިއަން ދައްކަން ޔާމީންގެ މައްޗަށް ނެރުނު އަމުރު: ބެންޗުގެ ހޫނު ސުވާލުތައް ދައުލަތަށް!

ރައީސް ޔާމީންގެ ޝަރީއަތަށް މާލެ ގެންނަނީ | ފޮޓޯ : މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ ދައުވާތައް ސާބިތުވެ އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ފަހު، އޭގެ ދެ މަސް ފަހުން ދައުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ ދިފާއުގައި ބަހެއް ބުނުމަށް އެއްވެސް ފުރުސަތެއް ނުދީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދައުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި މިއަދު އޮތް އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ކޯޓުން ނެރުނު އަމުރުގައި އެމަނިކުފާނަށް ދިފާއުގައި ބަހެއް ބުނުމުގެ ހައްގު ދީފައި ނުވާކަމަށެވެ. އަދި 53 މިލިއަން ރުފިޔާ ދެއްކުމަށް ނެރުނު އަމުރުގައި، ފައިސާގެ އެ އަދަދު ގެނައި ގޮތެއް ވެސް ސާފު ނުވާކަމަށާއި އެއީ ކިހިނެއް ކޮން ގޮތަކުން ދައްކަން ޖެހުނު އަދަދެއްކަން ސާފުވާން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ހައިކޯޓުގައި ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ، މަނީލޯންޑާކޮށްގެން ހޯދިކަމަށް ބުނާ އަދަދަކީ އެއް މިލިއަން ޑޮލަރުކަމަށާއި އެ ފައިސާ އަދިވެސް ހުރީ ބޭންކު އެކައުންޓުތަކުން ހިފެހެއްޓި ގޮތަށް ކަމަށެވެ. އެހެންކަމުން އެ ފައިސާ އިންވެސްޓުކޮށް މަންފާ ހޯދައިގެން 53 މިލިއަންގެ އަދަދެއް އަންނަން ޖެހޭ ސަބަބެއް ނުވިސްނޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ތަކުރާރުކޮށް އެމަނިކުފާނު ފާހަގަކުރެއްވީ ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރުނު އިރު އެމަނިކުފާނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިފާއުގައި ދީފައި ނުވާކަމަށެވެ.

ރައީސް ޔާމީނާއި، އެމަނިކުފާނުގެ ވަކީލުން ފާހަގަކުރެއްވި އެ ނުކުތާއާއި އެކު ބެންޗުގެ ގިނަ ސުވާލުތައް ދައުލަތާއި އަމާޒުވި އެވެ. އެގޮތުން ބެންޗުގައި ހުންނެވި ފަނޑިޔާރު ދީބަނާޖު ފަހުމީ ވަނީ އެ އަދަދާއި ގުޅޭގޮތުން ދަށު ކޯޓުގައި ދެ ފަރާތުގެ ވާހަކަ ދެއްކުން ކުރިޔަށް ދިޔަ ތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ އަމުރު ނެރެފައި ވަނީ ދައުވާ ލިބޭ ފަރާތް ހާޒިރުކޮށްގެން ތޯ ނުވަތަ ޣައިރު ހާޒިރުގައި ތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތަށް ފަހު ދައުލަތުން ހުށަހެޅި އިގްތިތާހީ ބަޔާނާއި ހުލާސާ ބަޔާނުގައި އެކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދިފާއަށް އެ މަރުހަލާފައި ބަސް ބުނުމަށް ނުވަތަ ދިފާއުވުމަށް ފުރުސަތު ލިބުނުކަމަށް ގަބޫލު ކުރާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެއާއި އެކު އަނެއްކާވެސް ބެންޗުން ސުވާލު ކުރެއްވީ އަމުރު ނެރުނު ގޮތާއި ގުޅޭގޮތުންނެވެ. ދައުލަތުން ޖަވާބުގައި ބުނީ 53 މިލިއަން ރުފިޔާ ދެއްކުމަށް

އާރަށުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ރައީސް ޔާމީންގެ މައްޗަށް އިއްވިތާ ދުވަސްތަކެއް ފަހުން ދައުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް އަންގައި ހަމަ އެ މައްސަލައިގައި ކޯޓުން އަމުރެއް ނެރުނެވެ. ރައީސް ޔާމީންގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރީ ހުކުމް ކުރި ފަހުން އަމުރު ނެރެފައި ވާތީ އާއި އެ އަދަދު އެއީ ކޮން ގޮތަކުން އައި އަދަދެއްކަން ސާފު ނުވާކަމަށް ބުނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އަމުރު ނެރެފައި ވަނީ އެމަނިކުފާނުގެ ޣައިރު ޙާޒިރުގައި ކަމަށެވެ. އަދި ސީދާ އެ އަމުރާއި ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.

މައްސަލައިގެ އަޑުއެހުންތައް މިއަދު އެއްކޮށް ނިންމާލިއިރު ރައީސް ޔާމީންގެ ވަކީލުން އިސްތިއުނާފު އަޑުއެހުމުގައި ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެފައިވާ ހާލަތެއްގައި ދައުލަތަށް މުދަލާއި ފައިސާއެއް ނަގާނަމަ އެ މަރުހަލާ ހިންގަން ޖެހޭނީ މައްސަލައިގެ ހުކުމުގެ ތެރެއިން ކަމަށެވެ. އަދި ހުކުމުގައި އެއްވެސް އުނިކަމެއް ނުވަތަ ހިތްހަމަނުޖެހުމެއް އޮތް ނަމަ ދެން އަމަލު ކުރަން ޖެހޭ ގޮތަކީ މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުންކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އަލުން ކޯޓަށް ދައުލަތުގެ ހުށަހެޅުންތައް ފޮނުވައި ވަކި އަމުރެއް ނެރުމަކީ ގާނޫނު ދަންނަ އިޖުރާއަތްތަކެއް ނޫންކަމަށް ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން ބުނީ މައްސަލައިގެ ހުކުމަށް ފަހުން އޭގައި ހިމެނޭ މުދަލާއި ފައިސާ ނެގުމަށް އަމުރު ނެރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ގިނަ ސުވާލުތައް ދައުލަތަށް އަމާޒުވެ، ސާފުކޮށް ދިނުމަށް އެދުނީ ހުކުމް ކުރި ފަހުން އެފަދަ އަމުރެއް ނެރުނު ސަބަބާއި އަދި ދިފާއުގެ ބަހެއް ނެތި އަމުރު ނެރުނު ގޮތާއި ގުޅޭގޮތުންނެވެ.

އެކަމަކު ދައުލަތުގެ ޖަވާބަކީ ކުށްކޮށްގެން ހޯދާ ނުވަތަ ހޯދި މުދަލަލާއި ފައިސާ ދައުލަތަށް ނަގާއިރު ހުކުމުގައި އެ ވާހަކަ ކޮންމެހެން ހިމެނުން ލާޒިމް ނުވުމެވެ. ބެންޗުން ވަނީ އެފަދަ ސަބަބަކާއި ހުރެ ދައުލަތަށް މުދާ ނުވަތަ ފައިސާ ނެގުމަށް އަމުރެއް ނެރޭނަމަ އެކަން ހުކުމުގައި ހިމަނަން ޖެހޭކަމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާކަމަށެވެ.

ދައުލަތުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެގޮތަށް ލާޒިމެއް ނޫން ކަމަށެވެ. އަދި މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ ދަށުން އެގޮތަށް ބަލާނަމަ ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ ދައުލަތާއި ސުވާލު ކުރުމުން ވަކީލު ވިދާޅުވީ އަމުރު ކުރަންވާނެކަމަށް ލަފްޒު ބޭނުންކޮށްފައި އޮތަސް އެއީ ލާޒިމްކަމެއް ނޫން ކަމަށެވެ.

ދައުލަތާއި ބެންޗާއި ދެމުގެ ވާހަކަތަކަށް ފަހު ދެން ފަނޑިޔާރުން ސުވާލު ކުރެއްވީ ހުކުމް ކުރި ފަހުން އަމުރު ނެރުނު ސަބަބާއި ގުޅޭގޮތުންނެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ދެމެދު ލަސްތަކެއް ވެފައިވާކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އަމުރު ނެރެފައި ވަނީ ވެސް ދައުލަތުން އެގޮތަށް އެދުނުތާ ދުވަސްތަކެއް ފަހުންކަމަށް ވިދާޅުވި އެވެ. އަދި އެއީ އަމުރު ބާތިލުވާނެ ސަބަބެއް ނޫންކަމަށް ދައުލަތުން ބުންޏެވެ.

މިއީ ހުކުމް ކުރިތާ 60 އަށް ވުރެ ގިނަ ދުވަސް ފަހުން ނެރުނު އަމުރަކަށް ވާތީ ބެންޗުން އަނެއްކާވެސް ސުވާލު ކުރެއްވީ 63 ދުވަސް ފަހުން އަމުރު ނެރުމުގައި މަގުބޫލު ސަބަބެއް އެބައޮތް ތޯ އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ސުވާލުގެ ޖަވާބު ދެވޭނީ ކްރިމިނަލް ކޯޓަށްކަމަށް ގަބޫލު ކުރާކަމަށެވެ.

ފަނޑިޔާރު ދެން ސުވާލު ކުރެއްވީ، 60 ދުވަސް ފަހުން އެފަދަ އަމުރެއް ނެރުނު އިރު އެއީ އެކަށީގެންވާ މުއްދަތެއްތޯ އެވެ. ކުރު ޖަވާބެއް ދީ ދައުލަތުން ބުނީ ދިރާސާ ކުރުމަށް ވަގުތު ނެގި ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ޖުމްލަކޮށް ފަނޑިޔާރުން ސުވާލު ކުރެއްވީ ދައުލަތާއި އެވެ. އަދި ދައުލަތުން ތަކުރާރުކޮށް ދެމުން ދިޔައީ އެއް ޖަވާބެކެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ދީބަނާޖު ފަހުމީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: