ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ދޫކޮށް، އާޒިމްގެ ތާއީދު ރައީސް ސޯލިހަށް!

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އާޒިމް ރައީސް އާ އެކު. ފޮޓޯ؛ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ޖޭޕީގެ މަގާމުތަކުން އިސްތިއުފާ ދީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް ނިންމައިފި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގާސިމާއި އެކު ގާތް މަސައްކަތްތަކެއް ކުރެއްވި އާޒިމަކީ ސަރުކާރާއި އެމްޑީޕީގެ ތައުރީފު އެންމެ ބޮޑަށް ލިބޭ އެއް ބޭފުޅާ އެވެ. ހާއްސަކޮށް އެމްޓީސީސީގެ ތާރީހުގައި ވެސް ނުލިބޭ ވަރުގެ ބޮޑެތި ފައިދާތައް މި ހަތަރު އަހަރުގެ ތެރޭގައި ކުންފުންޏަށް ލިބިފައި ވާތީ ރައީސް ސޯލިހު ވެސް އެކަން ފާހަގަ ކުރައްވަ އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމައި ޖުމްހޫރީ ޕާޓީން އެކަން އިއުލާނު ކުރުމުގެ ކުރިން ވެސް އާޒިމް ރައީސް ސޯލިހު ފަޅިއަށް އަރުއްވާނެކަމަށް އޮތީ ބެލެވިފަ އެވެ. އެއީ ކުންފުނީގެ އެކި ރަސްމިއްޔާތުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އާޒިމް ރައީސް ސޯލިހަށް ވެރިކަމުގެ އިތުރު ދައުރެއް ދޭން ޖެހޭކަން ފާހަގަކުރައްވައި ތާއީދު ހާމަކުރައްވާފައި ވާތީ އެވެ. އަދި އެ މައްސަލަ ޖޭޕީގެ ތެރޭގައި ބޮޑުވެ، ޖޭޕީ އާއި ގާސިމް އައްޔަނު ކުރައްވާފައި ހުރި މަގާމުތަކުން އިސްތިއުފާ ދިނުމަށް ފަހު ކެމްޕެއިން ކުރެއްވުމަށް ޕާޓީގެ ބޭފުޅުން ގޮވާލި އެވެ.

ޖޭޕީގެ ޓިކެޓުގައި ޕާޓީގެ ލީޑަރު ގާސިމް އިންތިހާބަށް ނިކުންނަވާއިރު، ގާސިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވައި އާޒިމް ވިދާޅުވީ އޭނާ ގަބޫލު ކުރާގޮތުގައި ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބުކުރުމަކީ މިވަގުތު ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފައިދާ ހުރިގޮތް ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުން ދެމެހެއްޓޭނެ ވެރިއަކީ ރައީސް ސޯލިހުކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޖޭޕީ އިސްވެ ކޯލިޝަނެއް ހަދައި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެން، އެކަމަށް ތާއީދު ކުރެވެން ނެތުމުގެ ސަބަބުން ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ޖޭޕީން އިންތިހާބުގައި ވާދަ ކުރުމަށް ނިންމުމާއި އެކު، އެމްޑީޕީގެ މެމްބަރުން ޕާޓީއަށް ގޮވާލީ ކޯލިޝަނުން ބޭރުވެ މަގާމުތަކުން އިސްތިއުފާ ދިނުމަށެވެ. އެކަމަކު ޖޭޕީން ދަނީ އެއްބަސްވުމެއް އޮއްވައި އިސްތިއުފާ ނުދޭނެކަމަށް ބުނަމުންނެވެ.

ސަރުކާރާއި ދެކޮޅު އެކި ބޭފުޅުން މަގާމުން ވަކި ކުރަމުން ދާ މިވަގުތުގައި، ޖޭޕީގެ ބައެއް ބޭފުޅުން އެ ޕާޓީ ދޫކޮށް ރައީސް ސޯލިހަށް ތާއީދު ކުރާނެކަމަށް ބެލެވެ އެވެ. މިހާތަނަށް ނިންމާ ގޮތެއް ސާފު ނުވާ އެއްބޭފުޅަކަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވެގެން ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: