ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުސޫމްގެ ތާއީދު ވެސް ރައީސް ސޯލިހަށް!

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މައުސޫމް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމެވިކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމި ނިންމުމާއި އެކު، ބައެއް ބޭފުޅުން ދަނީ ގާސިމް އިބްރާހިމް ދޫކުރައްވައި ރައީސް ސޯލިހަށް ތާއީދު އޮތްކަން ހާމަ ކުރައްވަމުންނެވެ. ނިމިދިޔަ ހަފްތާގައި ޖޭޕީގެ ކައުންސިލާއި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ދާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި ޖޭޕީގެ އަންހެނުން ރޫހުގެ ކުރީގެ ރައީސް ވަލީދާ ވަލީދު ވަނީ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލާރ މުހައްމަދު އަހުމަދު (ހަނަފީ) ގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ހިމެނެ އެވެ.

ކުރިޔަށް ހުރި ދުވަސްތަކުގެ ތެރޭގައި ޖޭޕީން އިތުރު ބައެއް ބޭފުޅުން ވަކިވާނެކަމަށް ބެލެވޭއިރު، މިހާތަނަށް ވަކިވި މެމްބަރުންނަށް ޕާޓީގެ ބައެއް ބޭފުޅުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ދުރަށް ޖެހުނު ބޭފުޅުންނަކީ ވޭތުވެ ދިޔަ 3-4 ހަތަރު އަހަރުގެ ތެރޭގައި ޕާޓީގެ އެއްވެސް ހަރަކާތެއްގައި އުޅުއްވި ބައެއް ނޫން ކަމަށެވެ.

ޖޭޕީގެ ގިނަ މެމްބަރުންނަކީ ރައީސަށް ތާއީދު ކުރައްވައި، އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ޖެހޭކަމަށް ވަރަށް ހާމަކަން ބޮޑުކޮށް ވިދާޅުވެފައިވާ ބޭފުޅުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކަށް މައުސޫމް ވެގެން ދާނެ އެވެ.

ރައީސަށް ތާއީދު ކުރުމަށް ނިންމިކަން މައުސޫމް ރަސްމީކޮށް އިއުލާނު ނުކުރެއްވި ނަމަވެސް، ސޯޝަލް މީޑިއާގައި ރައީސް ސޯލިހާއި އެކު ނަންގަވާފައިވާ ފޮޓޯތައް ވަނީ ހިއްސާ ކުރައްވާފަ އެވެ. މިކަމާއި ގުޅޭގޮތުން މައުސޫމް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

“ސަންގު” އިން ބެލިބެލުމުން މައުސޫމް ޖޭޕީން ވަކިވިކަމެއް އެނގިފައި ނެތެވެ. ނަމަވެސް މައުސޫމް ޕާޓީގެ ބައެއް ގުރޫޕުތައް ދޫކުރެއްވިކަމުގެ މައުލޫމާތު ލިބެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ ގިނަ މަގާމުތަކުގައި ބޭފުޅުން އެބަތިއްބެވެ. ހާޒަކޮށް ނައިބުން ފެންވަރުގައި އާއި، ސިޔާސީ އެހެނިހެން މަގާމުތައް ފާހަގަ ކުރެވެ އެވެ. މީގެތެރެއިން ޖޭޕީ ދޫކުރައްވަފާނެކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ. ދެން ޑެޕިއުޓީ މިނިސްޓަރުންތައް ޕާޓީ ދޫކޮށްފާނެކަމަށް ލަފާ ކުރެވެ އެވެ.

ގާސިމްގެ އަނބިކަބަލް އައިޝަތު ނަހުލާ އަކީ ވެސް ޓްރާންސްޕޯޓު މިނިސްޓަރަކަށް ޕާޓީގެ ސްލޮޓުގައި ހަމަޖައްސަވާފައިވާ ބޭފުޅެކެވެ. އެހެންކަމުން، ނަހުލާގެ ތާއީދު އޮންނާނީ ގާސިމަށްކަމަށް ބެލެވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރާތީ، ކޯލިޝަނުން ބޭރުވެ މަގާމުތަކުން އިސްތިއުފާ ދޭން ޕާޓީއަށް އެމްޑީޕީގެ މެމްބަރުން ގޮވާލި ނަމަވެސް ގާސިމް ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: