ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރުމަށް، އިއްސެ ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު (އިއްސެ) ގޮވާލައިފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަމަވެސް އެކަމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު ތާއީދު ކުރައްވާފައި ވަނީ އަމިއްލަ ޕާޓީ ދޫކުރައްވައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށެވެ. ގިނަ ދުވަސްތަކެއްގެ ދެބަސްވުންތަކަށް ފަހު ވެސް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭނެ އެއްވެސް ފޯމިއުލާއެއް ނެތްކަމަށާއި ގޭގައި އޮންނަވަން ޖެހުނު ނަމަވެސް އެމަނިކުފާނަށް ކުރާނެ ތާއީދެއް ނެތް ކަމަށެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން ޖޭޕީއާއި ބައްދަލު ކުރުމުން އިތުރުން، ވަކި ޕާލިމަންޓު ގުރޫޕެއްގެ ގޮތުގައި ވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މައްސަލައިގައި ސަރުކާރުގެ ފެކްޝަނު މެމްބަރުން ރައީސް ނަޝީދަށް ނުރުހުން އަމާޒުކޮށް ވަނީ މިއީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވުންކަމަށް ފާހަގަކޮށްފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވާ މެމްބަރުންގެ ތެރޭގައި ހިމެނޭ އިސްމާއިލް މިއަދު ވިދާޅުވީ ވަކި ފަރުދެއްގެ މަސްލަހަތު އިސްކޮށް މެމްބަރުން އިންތިހާބު ކުރި ކިތަންމެ ބޭފުޅަކު މީގެ ކުރިން އެމްޑީޕީން ބޭރު ކުރިކަމަށެވެ.

އެއަށް ފަހު އޭނާ ފާހަގަކުރެއްވީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލާއި، ރީކޯ މޫސާ މަނިކު އަދި އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑރ. އިބްރާހިމް ދީދީ އަދި ނައިބު ރައީސް އަލްހާން ފަހުމީ އެވެ.

އޭރު ރައީސް ނަޝީދު ވެސް ކަންތައް ކުރިގޮތަށް މިއަދު އަމަލު ކުރަން ޖެހިފައި އޮތީ އެމަނިކުފާނަށްކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ރައީސް ނަޝީދު ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރުމަށް ނިންމައި ވަކި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނާއި އަރިސް ޓީމުގައި ހިމެނޭ މެމްބަރުން ސަރުކާރުން ދަނީ މަގާމުތަކުން ވަކި ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: