ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮތަޅުން ފައިސާ ނުނެގުމަށް ރެޑްވޭވް އިން ނިންމުމާއިއެކު ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތައުރީފު!

ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮތަޅުން ނަގަމުންދާ ފައިސާގެ ކަންބޮޑުވުންތަކަށް ލުޔެއް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ އެންމެ ފުޅާ އެއް ވިޔަފާރިކަމަށްވާ ރެޑްވޭވްއިން ކޮތަޅަށް ފައިސާ ނުނެގުމަށް ނިންމާފައިވުމާއިއެކު ގާސިމްގެ ހާއްސަ އެޑްވައިޒަރެއްގެ މަގާމު އަދާކުރައްވަމުންދާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ތައުރީފުކުރައްވައިފިއެވެ.

ކޮތަޅުން ނަގަމުންދާ ފައިސާގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބުރަވެ، އެކަން ހައްލުކޮށްދިނުމަށް އެދި ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދެއްގެ މީހުން ގޮވާލަމުންދާއިރު، ރެޑްވޭވް އިންވަނީ އެ ކުންފުނީގެ ފިހާރަތަކުން ކޮތަޅަށް އިތުރު ޗާޖެ ނުނަގާނެކަން ހާމަކޮށްފައެވެ. އެކަމަށް އަލިއަޅުއްވައި ކުރެއްވި ޓްވީޓެއްގައި އިރުތިޝާމް ވިދާޅުވީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތަކެއް ހޯދައިދިނުމަށްޓަކައި ރެޑްވޭވްއިން ނިންމާފައިވަނީ ރަނގަޅު ނިންމުމެއްކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން މި ނިންމުން ނިންމުމުގެ ކުރިން ދިރާސާތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުން އެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ސިއްހަތަށްވެސް ކުރާނެ އަސަރުތައް ދެނެގަނެވޭނެކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އޭގެ އިތުރުން ފްލާސްޓިކު ނޫން އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުންވެސް ކުރާ އަސަރުތައް ދެނެގަނެވެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ މެމްބަރުގެ ފަރާތުން ސަރުކާރުގެ ސިޔާސަތުތަކާއިމެދު ކަންބޮޑުވުންތައް ހުރިކަން ހާމަވެފައިވާއިރު، ސަރުކާރުންވަނީ މި މައްސަލައިގައި ޒިންމާ ނަގަންޖެހެނީ މަޖިލީސްކަމަށް އިޝާރާތްކޮށްފައެވެ. މީގެ ކުރިންވެސް މަޖިލީހުގެ ތަޅުމުން ފާސްވެގެން އައި ބިލުތަކުގައި ހުރި މައްސަލަތައް ފާހަގަކުރެވުމާއިއެކު ސަރުކާރުންވަނީ އެކަމުގައި ސަރުކާރު ދިފާއުކޮށްފައެވެ. އެގޮތުން ގްރީންޓެކްސް ނުނެގުމަށް ކަނޑައެޅިގެން ދިއުމާއި ރާއްޖެއަށް ކުނި އެތެރެ ކުރެވޭނޭ މާއްދާއެއް ހިމެނޭހެން ކުނި މެނޭޖު ކުރުމުގެ ބިލެއް ފާސްވުމުންވެސް ސަރުކާރުންވަނީ މަޖިލީހުގެ ތެރެއިން މައްސަލަތައް ދިމާވެފައިވާކަމަށް ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: