ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރުމަށް ތާއީދެއް ނުކުރަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮ ކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި އޭޕްރިލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ވަނީ ފެށިފައެވެ. އެކަމާ ގުޅިގެން ބާޒާރުގައި ޕްލާސްޓިކް ކޮތަޅުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.

ކޮތަޅުން ނަގާ ފީ ކުޑަކުރުމާ ދެކޮޅުކަން ނަޝީދު ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަދު ކުރެވޭނީ އުގޫބާތެއް ކަނޑައެޅުމުގެ ގޮތުން  ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑުކޮށްގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނަގާފީ ބޮޑުކުރުމަށް ނިންމާފައިވަނީ އެކަން އެނގި ތިބެގެން ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑު ކުރީ އެނގިތިބެ. އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުންކުރުން މަދު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ލާހޫރޭ ސިޔާސަތެއް ކަމަށާއި އެއީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމުގައެވެ.

އަޒުމެއް، މީޒާނެއް ނެތް. ލީޑަރޝިޕަކީ ކުރިއަށް ނުކުމެ ކަންކަމާ ކުރިމަތިލުން. ބަދަލުގެނެވޭނެ ހިތްވަރު ހުރީމަ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ބާޒަރަށް ނެރުމަކީ ވެސް ކުށެކެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގުމަކީ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރުން މަދު ކުރުމަށް އެޅި ފިޔަވަޅެކެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީއެއް ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ވާނެ އެވެ.

ނަމަވެސް ފާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާ ވާ ހާލަތްތަކެއް ވެސް ބަޔާން ކުރެ އެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު، ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅުގެ އިތުރުން ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާއިބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނަރ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: