ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޓޯކޭޑްގެ މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކޮށްފި

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ތުހުމަތުކުރެވޭ 5 މީހަކަށް ދައުވާ ކުރުމަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މާޗް މަހުގެ 23 ވަނަ ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގު ޗީބޯ ކެފޭ ކައިރިން ރައީސް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި ފުލހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކުރެވޭ 04 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ސާލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހުޅުމާލެ  11328 މުހައްމަދު އައްބާސް އާއި ދަފްތަރު ނަމްބަރު 9151 އަހްމަދު ރަޝީދު އާއި ހުޅުމާލެ ފްލެޓް 06-5-154 އަހްމަދު އަޒީލްގެ އިތުރުން ގއ ދެއްވަދޫ އެސްޓަންވިލާ އަހްމަދު ސިނާންގެ އިތުރުން ށ ބިލަތްފަހި، ޝޭޑީކޯނަށ މަރްޔަމް މާޝާގެ މައްޗަށެވެ.

މުހައްމަދު އައްބާސް އާއި ރަހްމަދު ރަޝީދު އާއި އަހްމަދު އަޒީލްގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. އަދި އަހްމަދު ސިނާން އާއި މަރްޔަމް ޝާމާގެ މައްޗަށް ކުރަނީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މޮޓޯކޭޑް މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރުމަށް އެ މައްސަލަ ކްރިމިނަލް ކޯޓަށް މެއި މަހުގެ 16 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ސާލިހްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ އިދިކޮޅުން މި މަހުގެ 20 ވަނަ ދުވަހުގެރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކުރިއަށްގެންދިޔަ މުޒާހަރާ އަކާ ގުޅިގެންނެވެ. ގާތްގަނޑަކަށް 15 މިނެޓް ހާއިރު ވަންދެން ރައީސްގެ މޮޓޯ ކޭޑް ބޮޑުތަކުރުފާނު މަގުގައި މަޑުކޮށްގެން އޮންނަން ޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: