ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ: އަމީންއާއްމު

މަޖިލީހުގެ ނައިބު ރައީސް އީވާ އަދި މަޖިލީހުގެ އަމީން އާއްމު ނިއުޝާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށް ބުނެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފިއެވެ.

އީވާގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނިކޮށް ނަގާފައިވަނީ އަމީންއާއްމު ފާތިމަތު ނިއުޝާ ގެ އެންގެވުމަކަށެވެ،

އީވާގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ އިދާރާ އަށް ހުށަހަޅާފައިވަނީ ހުސްވި މެއި މަހުގެ ތެރޭގައެވެ. އެކަމާއި ގުޅިގެން ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހަށެވެ.

އީވާގެ މައްސަލަ ހުށަހެޅުއްވި މެމްބަރަށް މަޖިލީހުގެ އަމީން އާއްމު ނިއުޝާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލެވިފައިނުވާތީ އީވާ ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް، މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ބަހުސްކޮށް ވާހަކަ ދައްކާ މެމްބަރުންގެ އަދަދާއި ވަގުތު އާއްމު ކޮމިޓީން ކަނޑައަޅަންޖެހެއެވެ. އެހެންކަމުން މިވަގުތު ކޮމިޓީތައް އެކުލަވާލެވައިފައި ނުވާތީ އެކަން ވާން ނެތް ކަމަށް އަމީން އާއްމު ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް ނިންމާފައިވަނީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކާއި ގުޅުމަށް ނިންމާފައިވުމާއި މަޖިލީހަށް އީވާ ހޮވި ނައިބު ރައީސްކަމަށް އައްޔަން ކުރީ އެމްޑީޕީގެ މެމްބަރުން ކަމަށް ވާތީ ކަމަށް މީގެ ކުރިން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އެހެންކަމުން އެމްޑީޕީން އީވާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހެޅި ގަރާރުގައި ވެސް ފާހަގަކޮށްފައިވަނީ އެމްޑީޕީ ފިކުރު ނޫން އެހެން ފިކުރަކަށް ބަދަލުވެ ސަރުކާރަށް އީވާ އެއް ބާރުލުން ނުދޭތީ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމަށް ހުށަހަޅާ ކަމަށެވެ.

 

ވަރަށް ގަދަ
52%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 1%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: