ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ޤަވަޢިދު“ ގެޒެޓްކޮށްފި

ޕްރީ ސްކޫލު ކުދިންތަކެއް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޓިޗަރުންނަށް ޚާއްސަ ”މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު“ ގެޒެޓްކޮށްފިއެވެ.

2020 ވަނަ އަހަރު ފާސްކުރި ތައުލީމީ އާ ގާނޫނުގެ ދަށުން ”ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު“ އުފައްދައި އެ ބޯޑުން ޓީޗަރުންނަށް ލައިސެންސް ދޫކުރަން ޖެހޭނެ އެވެ.

އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީކޮށް، ޓީޗަރުން ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލައިސެންސް އޮތީ ދޫނުކުރެވިއެވެ.

މިއަދު ގެޒެޓް ކުރި ޤަވަޢިދުގައި ވަނީ މި ޤަވަޢިދަކީ ޓީޗަރުންނަކީ ޤާނޫނުގައި ޓީޗަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއ،ި
ހުނަރާއ،ި މަސައްކަތުގެ އަހުލާގު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ.

އަދި އެ ޓީޗަރުންނަކީ އުުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތައުލީމީ ފެންވަރާއި، ފަންނީ ހުނަރާއި، ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި، މި ގަވާއިދުގެ ދަށުން ޓީޗަރުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަން ކަށަވަރުކުރުން ކަަމަށްވެސް ބުނެފައި ވެއެވެ.

މި ގަވާއިދަށް އަމަލު ކުރަން ޖެހޭ ޓީޗަރުންގެ ތެރެއިން ރާއްޖޭގެ ސްކޫލްތަކާއި ރާއްޖޭގައި ހިންގާ ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުން ހިމެނެއެވެ.

މިގޮތުން ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަނާއި، ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަނާއި، ޓިއުޝަން ދޭ ތަންތަނާއި، ގުރްއާން ކްލާސްތަކާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި ތަމްރީނު ދޭ ތަންތަންވެސް މި ގަވާއިދުގެ ތެރޭގައި ހިމެނެއެވެ. މި ގަވާއިދުގެ ދަށުން އެތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންނާއި، ސުޕަވައިޒަރުންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި،
ހެޑް ޓީޗަރުންނާއ،ި އެ ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި ޕްރިންސިޕަލުންނާއި، ސުޕްރިޓެންޑެންޓުންނާއި ޓިއުޓަރުންވެސް ހޯދަން ލަޒިމް ވާނެއެވެ.

މީގެ ތެރެއިން ޓީޗަރުންނަށް ހަތަރު އަހަރުގެ ލައިސަންސްއެއް ދޫކުރާއިރު، ޕްރޮވިޝަނަލް ލައިސަންސް އާއި ވަގުތީ ލައިސަންސް ދޫކުރަނީ އެއް އަހަރަށެވެ. ލައިސަންސް ހޯދުމަށާއި އާ ކުރުމާއި ރޭންކް ބަދަލު ކުރަން 400 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

އަދި ލައިސެންސްގެ ގޮތުގައި ދޫކުރަނީ ޑިޖިޓަލް ކާޑެއް ކަމަށްވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: