ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިއަދު މެންދުރު 2 އަކުން ހަވީރު 6 އަށެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަނިއެވެ.

ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ޑީމޮކްރެޓްސްއަކީ އަލަށް އުފެއްދި ޕާޓީއެއްކަމަށް ފާހަގަކޮށް، އެހެންކަމުން މި ޕްރައިމަރީ އެހާ ވާދަވެރި ނޫންކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް ކުރެވެމުންދަނީ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތްކަމަށާއި، އަދި މި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ޕާޓީގެ ކައުންސިލުން ލަފާދީފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި ޕްރައިމަރިގެ އަމާޒަކީ ގިނަ ވޯޓު ހޯދުމަށްކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ. މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 2 އަކުން 6 އަކާއި ހަމައަށެވެ. މި ވަގުތުގެ ތެރޭގައިވެސް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އަދި އަލަށް ވަންނަ މެންބަރުންނަށްވެސް ޕްރައިމަރީގައި ވޯޓުލެވޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ބާއްވާ މި ޕްރައިމަރީގައި، ވޯޓުލެވޭނެ އިންތިޒާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަޖެއްސުމަށް އެ ޕާޓީއިން ވަނީ ނިންމާފައެވެ. އަދި އޮންލައިންކޮށް ވޯޓުލެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް ބުނެފައިވާއިރު، ނަމަވެސް އީ ވޯޓިން ނިޒާމުގެ ތެރެއިން އެކަކަށް ދެ ފަހަރަށް ވޯޓު ލުމުގެ ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން ޑިމޮކްރެޓްސްއިން ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: