ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއާއިއެކު ކުރިއަށް ދިއުމަށް ރައީސް ނަޝީދު ޕީޕީއެމްގެ މެމްބަރުންނަށް ދައުވަތު ދެއްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިންތިހާބު ބޮއިކޮޓްކޮށްފި ހާލަތެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ފުރުސަތު ބޮޑުވެގެންދާކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު އެރުވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއިއެކު، އެމަނިކުފާނުވަނީ އިންތިހާބު ބޮއިކޮޓުކުރުމާއިމެދު ގޮތް ސެނެޓުން ގޮތް ނިންމުމަށް އިރުޝާދު ދެއްވާފައިކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އެ ޕާޓީގެ އޮފީހުގައި ބޮއިކޮޓުކުރުމުގެ މަސައްކަތްތައް ކުރެވެމުންދިއުމާއި ގުޅިގެން ރައީސް ނަޝީދުވަނި ކަންބޮޑުވެވަޑައިނަންނަވާކަން ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބު ބޮއިކޮޓްކޮށްފި ހާލަތެއްގައި ރައީސް ސާލިހަށް އިންތިހާބު ކާމިޔާބުކުރުން ފަސޭހަވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ރައީސް ސާލިހަށް އެންމެ ފުރުސަތު ބޮޑުވެގެންދާ ގޮތްކަމަށެވެ. އެހެންކަމުން އިދިކޮޅު ޕީޕީއެމްގެ އެންމެހާ މެމްބަރުންވެސް އެމަނިކުފާނުގެ އިލްތިމާޒް އާއިމެދު ވިސްނާވަޑައިގެންނެވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

އެމަނިކުފާނުވަނީ ރައީސް ޔާމީންއަށް ވާދަކުރެއްވެން ނެތްނަމަވެސް އުންމީދު ނަގާނުލެއްވުމަށްވެސް ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސް އާއިއެކު ކުރިއަށް ވަޑައިގަތުމަށް ޕީޕީއެމްގެ މެމްބަރުނަށް ދައުވަތު އަރުއްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ޑިމޮކްރެޓްސްއަށް އިންތިހާބު ކާމިޔާބުކުރެވިގެންދާނެކަމަށެވެ.

އިންތިހާބު ބޮއިކޮޓް ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ސެނެޓުންވަނީ ހަމަނުޖެހުންގަނޑަކަށްފަހު ވޯޓެއް ނަގައި އިންތިހާބު ބޮއިކޮޓް ނުކުރުމަށް ނިންމާފައެވެ. އެ ޕާޓީ އާއިއެކު ކޯލިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕީއެންސީއިންވެސް ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމުގެ ގޮތުން ރިޔާސީ ކެނޑިޑޭޓާއި ރަނިނގްމޭޓު އަދި އިންތިހާބީ އެޖެންޓުވެސް ކަނޑައަޅައި ނިންމާފައިކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ ރައީސް ޔާމީންގެ ދަރިކަލުން ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓަކަށްވެސް ޖަވާބުދެއްވާފައެވެ. އެގޮތުން ޑީމޮކްރެޓްސްގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރާނެތޯ އާއި އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ދިމިއޮންނާނެތޯ ސުވާލު ކުރުމުން ރައީސް ނަޝީދުވަނީ އެކަންކަމާއިމެދު އެއްވެސް ޝައްކެއް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެޓްސްއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރާނެކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރާއްޖެ އަބަދަށްމެ ދެމި އޮންނާނީ އިސްލާމީ ގައުމެއްގެ ގޮތުގައިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: