ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯރިގަދަ ހިނގާލުމަކާއެކު ގާސިމް އީސީއަށް ފޯމް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފޯރިގަދަ ހިނގާލުމަކާއެކު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޖޭޕީގެ ފަރާތުން ކެންޑިޑޭންސީ ފޯމު ހުށަހެޅީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ. އަރިހުގައި އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ރަނިން މޭޓް ޑރ. އަމީން އިބްރާހީމްގެ އިތުރުން ޖޭޕީގެ ލީޑާޝިޕްގެ އިސްވެރިން ވަނީ ދަރުބާރުގެއަށް ވަޑައިގެންފަ އެވެ.

އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އެވެ.

ފޯމު ހުށަހެޅުމަށް ގާސިމް ދަރުބާރުގެއަށް ވަޑައިގަތީ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެކީގަ އެވެ. ފޯރިގަ ހިނގާލުމަކަށް ފަހުގަ އެވެ.

ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު އެބަ އޮތްކަމަށް ވިދާޅުވިއެވެ.

ފޯމް ހުށަހެޅުމަށްފަހު ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުން އަންނަނީ މ.ކުނޫޒްއަށް ދިއުމަށް މިސްރާބުޖަހާފައެވެ.

ގާސިމް ފޯމް ހުށަހަޅާފައިވާއިރު، މިއަދު ހެދުނު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ ފޯމް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް އިސީއަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްވާފައެވެ.

ޑރ.މުއިއްޒުގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް އާއި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްވެސް ވަނީ ފޯމް ހުށަހަަޅުއްވާފައެވެ.

މިހާތަނަށް އައި އިރު، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަަމަށް އިޢުލާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަންސްއަށް ފޯމް ހުށަހަޅާފައިނުވާ ފަރާތަކީ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންއެވެ.

ފާރިސް ވަނީ މިއަހަރުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: