ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން މިއަހަރުގެ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގެ ފުރަތަމަ ބައި އިފްތިތާހުކޮށްފި

އެމްޑީޕީއިން މިއަހަރުގެ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގެ ފުރަތަމަ ބައި އިފްތިތާހުކުރުމަށް ކުޑަހުވަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގެ ފުރަތަމަ ބައި ”އުފާވެރި ދިރިއުޅުން“ އިފްތިތާހުކޮށް، ސިޔާސަތުތައް ހާމަކޮށްފިއެވެ.

ފުރަތަމަ ބައި އިފްތިތާހުކޮށްފައިވަނީ ދ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައެވެ.

މި ސިޔާސަތުތައް ހާމަކޮށް އެމްޑީޕީއިން ބުނީ އުފާވެރި ދިރިއުޅުމެއްގެ ފެށުމަކީ އުފާވެރި އާއިލާއެއްކަމަށެވެ. އިންސާނާ ގަރުބަގަތީއްސުރެ ދުނިޔެ ދޫކުރުމާހަމައަށް އެމީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ހިދުމަތްތައް އެމީހަކާ ގާތުން، ތަކުލީފެއްނެތި ފުރިހަމައަށް ލިބެންޖެހޭކަމަށް މެނިފެސްޓޯގެ މި ބައި ހުށައަޅުއްވައިދެއްވި ޑރ އައިޝަތު ޝަފީނާވެސް ފާހަގަކުރެއްވިއެވެ. އަދި ދުނިޔެއަށް އައުމަށްފަހު އެ ދޫކުރާ ނޭވާއަކީ ހަމަނޭވާލެވޭފަދަ މާހައުލަކަށް ދޫކުރާ ނޭވާއަކަށްވުމަކީ އަސާސީ ހައްގެއްކަމަށްވެސް ވިދާޅުވިއެވެ.

ދުޅަހެޔޮ ހަށިހެޔޮކަމަށް ބަލިން ރައްކާތެރިވުމާއި، ބަލިން ސަލާމަތްވުމަކީ ހަޔާތުގެ ހުރިހާ މަރުހަލާއެއްގައިވެސް ތަނަވަސްވެފައިވާ ފުރުސަތަކަށް ވާންޖެހޭޏެކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ. ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން މުޖުތަމައުގައި އެހެން ފަރުދުންނެކޭ އެއްފަދައިން ކަންކަމުގައި ޝާމިލުވެއުޅުމަށް އެފަރާތްތަކަށް އެއްވެސް ހުރަހެއް އޮވެގެންނުވާނެކަމަށް އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތަކުގައި ފާހަގަކޮށްފައިވެއެވެ.

އުފާވެރި ދިރިއުޅުން ސިޔާސަތުތައް ބަހާލާފައިވަނީ ތިން ބަޔަކަށް:

ދުޅަހެޔޮ ބަދަހި މުޖުތަމައު.

  • ފެންވަރު ކަށަވަރު ސިއްހީ ހިދުމަތަށް އިތުބާރު.
  • ހަމަނޭވާލެވޭ ބޯހިޔާވަހިކަން.
  • ރިވެތި އިސްލާމީ ދިރިއުޅުން.

 

  • ފަހުރުވެރި ދިވެހި ރައްޔިތެއް.
  • ޖަމާއަތުގެ ބައިވެރިވުމާއި ބާރުވެރިކަން އަދި އިޖްތިމާއީ ރައްކާތެރިކަން.

 

އުފެއްދުންތެރި ފުދުންތެރި ޖީލެއް.

  • މާދަމާގެ މީހާ މިއަދު.

 

  • ފެންވަރު ކަށަވަރު މަތީ ތައުލީމާއި ތަމްރީނު.

 

  • ކުރިއަށް ކުޅިވަރު، ކުރިއަށް ކުޅުންތެރިން.

ޝާމިލު އޯގާތެރި ރައްޔިތުން.

  • އިސްރަށްވެހިންނަށް އިސްކަން.

 

  • ބާރުވެރިވުމުގައި އަންހެނުންނަށް ފަހިކަން.
  • ވަށާލެވޭ ހިމާޔަތާއެކު ކުދިންގެ އަޑު.

 

  • މާނަވީ ބައިވެރިވުުން ގަދަރުވެރި ދިރިއުޅުން.

ކުޑަކުދިންނާ ގުޅޭ ކަންކަމުގެ ގޮތް ނިންމުމުގައި އެ ކުދިންގެ އަޑު އަހާ، ޝާމިލުކުރާ ވެއްޓެއްގައި, އެންމެންގެ ލޯތްބާއި އަޅާލުމާއި ހިމާޔަތާއިއެކު ބޮޑުވެ، ކިޔެވުމާއި ކަސްރަތާއި ކުޅިވަރުގެ ފުރުސަތު މުޖުތަމައުގައި ތަންމިނަށް ހުޅުވާލެވިފައި އޮވެ، އޭގެ ހެޔޮ ފައިދާ ލިބުމަކީ ހަމަ ކޮންމެ ކުޑަކުއްޖެއްގެވެސް ހައްގެއްކަން މެނިފެސްޓޯގައި ފާހަގަކޮށްފައިވެއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: