ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ހުއްޓުވަނީ ސީދާ ރައިސް އެދިލައްވައިގެން: ރައިސް ނަޝިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް ކުރިއަށް ނުދެވި ކޮންމެ ދުވަހަކު ހުއްޓާލަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުމަށް ކަމަށް މަޖުލީހުގެ ރައިސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

އިއްޔެ އެކޭ އެއްގޮތަށް މިއަދު ހެނދުނަށް ތާވަލް ކުރި މަޖުލިސް ޖަލްސާ މެދު ކަނޑާލާފައިވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން މަޖިލީހުގެ ޗެންބަރަށް ވަދެ ވަޑައިގެންފައި ނުވާތީއެވެ. މިއަދުގެ މަޖުލީސް ވެސް ފުރަތަމަ ދަންފަޅީގައި ކޯރަމް ހަމަނުވުމުގެ ސަބަބުންވަނީ ވަނީ ކުރިއަށް ނުދެވި ވަނީ މެދު ކަނޑާލިއެވެ.

މަޖުލީހުގެ ރައީސް ނަޝީދު ވިދާޅުވީ ޖަލްސާ ފެއްޓުނު ފަހުން އެ މެމްބަން މަޖުލީހުގެ ކުޑަ ދަށުގައި ތިއްބެވި ކަމަށާއި، ނަމަވެސް އެތެރެއަށް ވަދެ ވަޑައިގެންފައި ނުވާ ކަމަށެވެ. މިއަދުވެސް އެ މެމަބަރުން ޗެމްބަރަށް ވަދެ ވަޑައިނުގެން ކުޑަދަށުގައި ތިއްބެވި ކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ރައްޔިތުންގެ މަޖުލީސް ސަބޮޓޭގްކޮށް ހުއްޓުވާފައި ބެހެއްޓުމުން ގެންދަވަނީ ރައީސްގެ ބައިވެރިކުރަމުން އޮވެގެން ކަމަށެވެ.

ފުރަތަމަ ދަންފަޅީގެ ކޯރަމްހަމަނުވެ ޖަލްސާ މެދުކަނޑާލުމަށްފަހު ދެވަނަ ދަންފަޅީގައި މިހާރުވަނީ ކޯރަމް ހަމަވެ ފަށާފައެވެ. އަދި އެޖެންޑާ ހުށައަޅާ ބަހުސް އަށް ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: