ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައިވާއިރު ކޮމެޓީގެ ކޯރަމް ހަމަނުވާތީ މަސައްކަތް ހުއްޓިއްޖެއެވެ.
އެގޮތުން މަޖުލިހުގެ ކޮމެޓީއަށް ހާޒިރުވާން ޖެހޭ މެމްބަރުންގެ އަދަދު ހަމަނުވެފައި ނުވާއިރު، މިއަދު އޮތީ ނިޒާމީ ވޯޓާއި ގުޅޭ ގަރާރު ކުރިއަށް ގެންދިއުމެވެ.
މަޖުލީހުގެ ރައިސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ލިޑަރުންނާއި، ޑިމޮކްރޭޓުން ދަނީ މަޝްވަރާ ކުރެވެމުން ކަމަށާއި، އެއީ މަޖުލިހަށް ހާޒިރުނުވާ ބޭފުޅުން ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ ކަމަށެވެ.
މިއަދު ޖަލްސާ މެދު ކަނޑާލަން ޖެހުނިއިރު، މި ހަފްތާ ހޯމަދުވަހުގެ ޖަލްސާވެސް ވަނީ މެދު ކަނޑާލާފައެވެ. އޭގެ ފަހުން އިއްޔެ ޖަލްސާ ކުރިއަށް ގެންދިޔައެވެ. އެއީ ފުރަތަމަ ދަންފަޅީގައި މެދު ކަނޑާލުމަށްފަހުގައެވެ.
މަޖުލީހުގައި ގަރާރެއް ކުރިއަށް ގެންްދެވޭނީ އޮނަތިރިސް މެމްބަރުން ތިއްބަވައިގެން ކަމަށާއި، ނަމަވެސް މެމްބަރުން ހަމަވާއަދަދަށް ހާޒިރުވެފައި ނުވާތީ މުޅި މަޖިލީސް ފަށާގަންނާނީ ކޮމެޓީ އަކަމަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިއަދު މަޖުލިހަށް ހާޒިރުވި 18 މެންބަރުންނެވެ.

