ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަންކޯގެ ”ޗައިލްޑްކެއާ ސްޕޭސް“ ހުޅުއްވައިފި

ރބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްޤީކުރި، ”ޗައިލްޑްކެއާ ސްޕޭސް“ ހުޅުއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގައެވެ. ”ޗައިލްޑްކެއާ ސްޕޭސް“ ހުޅުއްވައިފެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ.

އާބަންކޯގެ ”ޗައިލްޑްކެއާ ސްޕޭސް“ ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އެތަން ބައްލަވާލައްވައި، އެތަނުގައި އެވަގުތު ތިބި ކުޑަކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މިތަން ތަރައްޤީކޮށްފައި ވަނި، އާބަންކޯ ހެޑް އޮފީހުގެ 2 ވަނަ ފަންގިފިލާގައެވެ.

ރބަންކޯގެ ”ޗައިލްޑްކެއާ ސްޕޭސް“ ހުޅުއްވުން.

އާބަންކޯގެ ”ޗައިލްޑްކެއާ ސްޕޭސް“ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ޚާއްޞަކޮށް ތަމްރީންކޮށްފައިވާ 3 މުވައްޒަފަކު މަސައްކަތް ކުރަމުންދާނެއެވެ. އަދި އެތަން ޚާއްޞަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ.

ރބަންކޯގެ ”ޗައިލްޑްކެއާ ސްޕޭސް“ ހުޅުއްވުން.

އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ޤާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެއެވެ. ”ޗައިލްޑްކެއާ ސްޕޭސް“ގައި ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތަކީ އެކުންފުނީގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.

މުވައްޒަފުންގެ މަސައްކަތުގަޑީގައި، މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއްނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: