ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއެޗްއެސްއީގެ ކުރީގެ އިމާރާތް، އަމީނިއްޔާ ސުކޫލަށް!

އަމީނިއްޔާ ސްކޫލު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ސުކޫލްތަކުގެ ދެވަނަޓާމް، 2024 ޖެނުއެރީ ފަށާއިރު، އަމިނިއްޔާއާއި ސީއެޗްއެސްއީ ގުޅުވާ، އަމީނިއްޔާ ދަރިވަރުން ކިޔެވުމަށް ސީއެޗްއެސްސީގެ އިމާރާތް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ އަށް ގުޅުވާލަން ދިނީ އެ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވެ، ޖާގައިގެ ދަތިކަން ބޮޑުވުމުން ދިއުމާއެކު އެއްދަންފަޅިއަށް ބަދަލުކޮށް ދެ ސުކޫލު އެއްކޮށްގެން ކިޔެވުމަކީ ދަރިވަރުންނަށް ޖާގަ ތަނަވަސް ސުކޫލެއްގައި ކިޔެވުމަަށް ލިބޭނެ ފަސޭހަ އެއް ކަމަށްވާތީ ކަމަށެވެ.

އެންމެފަހުން އެ ސްކޫލް އިމާރާތް ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އޭރުވެސް ސުކޫލުގައި ޖާގައިގެ ދަތިކަމުގެ ކަންބޮޑުވުން އޮތެވެ. އަމީނިއްޔާ ސުކޫލުގައި 2500 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރެއެވެ. އަމީނިއްޔާ ސުކޫލާއި އިންވެގެން ހުންނަ މި ސުލޫލު މިހާރު ބޭނުން ނުކުރެއެވެ. މިހާރު ސީއެޗްއެސްްސީ ހިންގަނީ ހުޅުމާލޭގައެވެ. އެންމެފަހުން އެސޫލު ބޭނުންކޮށްފައވަނީ މިދިޔަ އޮގަސްޓް މަސްތެރޭގައެވެ.

އަމީނިއްޔާ ދަރިވަރުން މި ސުކޫލާއި އެކު ކިޔަވަން ފަށާނީ އަންނަ ޖެނުރީ މަހުން ފެށިގެންނެވެ. އެއީ ފުރަތަމަ ޓާމް ބަންދަށްފަހު ދެވަނަ ޓާމަށް ހުޅިގެންނެވެ. މިނިސްޓްރީން ބުނީ އަމީނިއްޔާ ސުކޫލުގައި ދަރިވަރުން ދެ ވަނަ ޓާމަށްފަހު ކިޔަވާނީ އެއް ދަންފަޅިއަަށް ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: