ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އެ އުޅެނީ 24ގެ ބަޖެޓަށް ހުރަސްއަޅަން: ނިހާދު

ފޭދޫ ދާއިރާގެ މެމްބަރު މުހައްަމަދު ނިހާދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު މަސައްކަތްކުރައްވަމުންދަނީ ބަޖެޓަށް ހުރަސްއެޅުއްވުމަށް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތުހުމަތުކުރައްވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އިސްތިއުފާ ދެއްވާފައިވާއިރު، އެމަނިކުފާނުވަނީ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ތަޅުމުގައި ވާހަކަފުޅު ދައްކަވާފައެވެ، އެގޮތުން އެމަނިކުފާން ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ޝަރީއަތަށް ގެންދަންޖެހޭކަމަށެވެ. އެގޮތުން ބަޖެޓު ހުށައެޅުގެ މަސައްކަތްތައް މާލިއްޔަތު ގާނޫނާއި އެއްގޮތަށް ނުކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުވަނީ ރިޔާސަތުން ދޫނުކުރައްވައި ހުންނަވައިގެން ބަޣާވާތެއް ހިންގުމަށް މަސައްކަތްކުރައްވާފައިކަމަށެވެ. އެހެންނަމަވެސް އެ ރޭވުންތައް ނާކާމިޔާބުވުމުން މިހާރު މަސައްކަތްކުރައްވަމުންދަނީ 2024 ވަނަ އަހަރުގެ ބަޖެޓަށް ހުރަށް އެޅުއްވުމަށްކަމަށް ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، ބަޖެޓު ފާސްވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި އެމަނިކުފާނު ގެންދަވަނީ ފަހަރަކު މެމްބަރަކަށް ބިރުުދައްކައި ފުރައްސާރަކުރައްވަމުންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު މަސައްކަތްކުރެއްވީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ގެއްލުންތަކެއް ދިނުމަށްކަމަށާއި އެހެންނަމަވެސް އެކަން ނުވުމުން މިހާރު ހުންނެވީ ”ކަޑަ“ ވެފައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: