ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ދެކެ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ވެރިކަން ވައްޓާލާކަށް ނުޖެހޭ: ޝައްމާން

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު - ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުގެ ޒިންމާ އަކީ ހިތްޕުޅާ ނުވާ ކޮންމެ ފަހަރަކު ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލުމެއް ނޫން ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ޕޯސްޓެއްގައި ހިއްސާކުރައްވާ ޝައްމާން އެމްޑީޕީއަށް ގޮވާލެއްވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާކުރެއްވުމަށެވެ. އަދި ދިވެހި ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތުން ހޮވާފައިވާ ވެރިއެއް ވައްޓައި ނުލެއްވޭނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝައްމާން މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން ”މިސްރާބު ހަމަމަގަށް“ ނަމުގައި ކުރިއަށް ގެންދާ ޖަލްސާތަކުގައި މި ސަރުކާރަށް ގިން ފާޑުކިއުންތަކެއް ދަނީ އަމާޒު ކުރަމުންނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ތ. ތިމަރަފުށި ދާއިރާއަށް ވަދަކުރައްވާ ކެންޑިޑޭޓުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ޗެއާރޕާސަން ފައްޔާޒް ވިދާޅުވީ ގައުމު މަގަށް އެޅުވުމަށްޓަކައި ސަރުކާރު ވައްޓާލަން ޖެހުނު ނަމަވެސް އެކަން ކުރައްވާނެ ކަމަށެވެ. އަދި ގައުމު ހަމަމަގަށް އެޅުވުމުގައި ކުރަންޖެހޭ ކަންކަން ކުރުމަކީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުންނާއި، ގާނޫނީ ގޮތުންވެސް ކުރަންޖެހޭ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިސްރާބު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި އަދި ބިރުވަރިކަމެއް ނެތް ކަމުގައިވިޔަސް މި ގައުމު ދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: