މިއަހަރުގެ ދެވަނަ ކުއާޓާރގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންކަން ގޯސްވެގެންދާނެކަމަށް ރާއްޖޭގައި އެ މަސައްކަތްކުރަމުންދާ ކުންފުނިތަކުން އަންދާޒާކުރާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ދާދި ފަހުން އާންމުކޮށްފައިވާ ކުއާޓަރލީ ބިޒްނަސް ސާރވޭގައި މިއަހަރުގެ މާޗު މަހާއި އޭޕްރިލް މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ދިރާސާއެއްގެ އަލީގައި އަހަރުގެ ފުރަތަމަ ކުއާރޓާގައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުގެ އިތުރުން ދެވަނަ ކުއާރޓާއާއި ގުޅުން ހުރި ބައެއް މައުލޫމާތުތައްވެސް ހިއްސާކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ކުންފުނިތަކުންވެސް އެއްވަނަ ކުއާރޓާގައި މަސައްކަތްތައް އިތުރަށް ފުޅާވެފައިވާކަން ރިޕޯޓުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް ފުޅާވެގެންދިޔަ ދިޔަ ދުވެލި އެހެނިހެން ދާއިރާތަކާއި އަޅާ ބަލާއިރު ފުރަތަމަ ކުއާޓާރގައި މަޑުކަމަށްވެސް ބުނެފައިވެއެވެ.
ހޯލްސޭލް އަދި ރީޓެއިލް ދާއިރާ ނޫން އެހެން ހުރިހާ ދާއިރާއެއްގައި މުއައްޒަފުން ނަގާފައިވާ އަދަދުތައްވެސް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާއަށް މީހުން ނެގުމުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަދުޖެހުނުކަން ރިޕޯޓުކުރެވިފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވާއިރު ހޯލްސޭލް ރީޓެއިލް ދާއިރާގައި މުއައްޒަފުން ނަގާ މިންގަނޑުތައްވަނީ 2023 ވަނަ އަހަރުގެ ފަހު ކުއާޓާރއާއި އަޅާ ކިޔާއިރު ދަށްވެފައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާރގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ޕީކް ސީޒަން ނިމިގެން އައުމާއިއެކު އެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން އަންނަނީ ކުރިއަށް އޮތްތާނގައި ކަންކަން އިތުރަށް ގޯސްވެގެންދާނެކަމަށް އަންދާޒާކުރަމުންކަމަށްވެސް އެމްއެމްއޭއިން ހާމަކޮށްފައިވާއިރު، ދެވަނަ ކުއާޓާރގައި އިތުރަށް ކަންކަން ގޯސްވެގެންދިއުމުގެ ފުރުސަތު އޮތްކަމަށްވެސް ލަފާކުރާކަމަށް ބުނެފައިވެއެވެ. އަދި ހަމަ އެގޮތަށް ޓްރާންސްޕޯޓާއި މުއާސަލާތީ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުންވެސް ކަންކަން ގޯސްވެގެންދާނެކަމަށް އަންދާޒާކުރާއިރު ކޮންސްޓްރަކްޝަނާއި ހޯލްސޭލް ރީޓެއިލް ދާއިރާގެ ކުންފުނިތައް ތިބީ ވިޔަފާރި ފުޅާަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަވެގެންދާނެ މިންގަނޑުތައް ދަށްވާނެނަމަވެސް ދާއިރާ އޮތީ އުންމީދީ ހާލަތެއްގައިކަމަށް ބުނެފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާރގައި ވޯލްސޭލްއާއި ރީޓެއިލް ދާއިރާގެ އިތުރުން ދަތުރުފަތުރާއި މުއާސަލާތީ ދާއިރާގައިވެސް ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެގެންދިޔަކަމަށް އެމްއެމްއޭއިން ބުނެފައިވާއިރު ފަތުރުވެރިކަމުގެ ސިނާއަތުވެސް ބަލިކަށިވެގެންދިޔަކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގައި ކޮންސްޓްރަކްޝަން ކުރާ ކުންފުނިތަކުންވަނީ މާލީގޮތުން ފާހަގަކުރެވޭވަރުގެ ކުރިއެރުމެއް ލިބިފައިވާކަން ހިއްސާކޮށްފައިކަމަށާއި އެ ދާއިރާ ނޫން އެހެން ހުރިހާ ދާއިރާއަކުންވެސް ދަނީ ކުރިއަށް އޮތް ކުއާޓާރގެ ތެރޭގައި އިތުރަށް މާލީ ހާލަތު ގޯސްވެގެންދާނެކަމަށް އަންދާޒާކުރަމުންކަމަށްވެސް އެމްއެމްއޭއިން ބުނެފައިވާއިރު ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކުންވަނީ ދެވަނަ ކުއާޓާރގައި މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ލަފާކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާރގައި ހުރިހާ ދާއިރާއަކަށްވެސް ކްރެޑިޓް ހޯދުމުގައި ދަތިތައް ހުރިކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވާއިރު ކުރިއަށް އޮތް ކުއާޓާރގައިވެސް ފަތުރުވެރިކަމުގެ އިތުރުން ދަތުރުފަތުރާއި މުއާސަލާތީ ދާއިރާއަށް ހާލަތުން އަރައިގަނެވޭނެކަމަށް އަންދާޒާކޮށްފައިނުވެއެވެ. އެހެންނަމަވެސް ކޮންސްޓްރަކްޝަން އާއި ވޯލްސޭލް ރީޓެއިލް ދާއިރާއަށް ލުއިތައް ލިބިގެންދާނެކަމަށް ލަފާކުރާކަމަށްވެސް ބުނެފައިވެއެވެ.

