ރާއްޖޭގައި އޮންނަ ދަފްތަރަކީ ”ރެފިއުޖީ ކޭމްޕެއް“ ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީޙުގެ ތަޅުމުގައި ވާހަކަދައްވަމުން ތާރިގު ވިދާޅުވީ، މާލެ ސަރަހައްދަށް މީހުން ޖަމާކުރުމުގެ ސިޔާސަތެއް ރާއްޖޭގެ ސަރުކާރުތަކުން ގެންގުޅެމުން އައިސްފައިވާކަމަށެވެ. އޭޏާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވާތީ މާލެ ސަރަހައްދުގައި ދަފްތަރު ޖެހިގެން އެތައް ބަޔަކު ދިރިއުޅެމުންދާކަމަށެވެ.
ދަފްތަރަކީ ކޯއްޗެއްކަން އެނގޭތޯ ތާރިގު ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ދަފްތަރަކީ ރެފިއުޖީ ކޭމްޕެއްކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެ މީހާ ދިރިއުޅޭ ތަނެއް ގެއެއް ރެޖިސްޓްރީ ނުވެ އޮންނަ ރެފިއުޖީ ކޭމްޕެއްކަަމަށެވެ. އަދި ކެމްޕެއިން ދުވަސްވަރު ކޮންމެ މެމްބަރަކަށްވެސް އެތައް ބަޔަކަށް އެ މީހުންނަކީ ކޮން ދާއިރާއެއް ކަން ޔަގީން ނުވެގެން އުޅޭ މީހުންނާއި ދިމާވެފައިވާކަމަށާއި އޭނާއަށްވަނީ އެކަމުގެ ތަޖުރިބާ ކުރެއްވިކަމަށް މައުލޫމާތު ދެއްވިއެވެ.
ތާރިގު ވިދާޅުވީ، 19 ވަނަ މަޖިލީހުގެ އިންތިހާބުގައި އެނާ ހިމެނިގެން މަހިބަދޫ ދާއިރާއިން ވޯޓު ލީ މީހުންގެ އަދަދަކީ 1710 މީހުންކަމަށެވެ. އަދި 20 ވަނަ މަޖިލީހުގެ ވޯޓިން ޕޮޕިއުލޭޝަންގައި ތިބީ 1719 ނުވަތަ 1725 ވަރަކަށް މީހުންކަމަށާއި ފަސް އަހަރުގެ ތެރޭގައި މަހިބަދޫއަށް އިތުރުވެފައިވަނީ 15 ވަރަކަށް މީހުންކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި ސުކޫލު ނިންމާފައި 35 ކުދިން ނުކުނަކަމަށްވާއިރު ވޯޓިން އާބާދީއަށް އިތުރުވަނީ 10 މީހުންކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ މާނައަކީ ބައެއް މީހުން މަޖުބޫރުވެގެން އޭނާ ރަޖިސްޓްރީ ވެފައިވާ ސަރަހައްދު ނޫންތަނެއްގައި ދަފްތަރުވެގެންދިއުންކަމަަަށާއި ގޯއްޗަށް އެޕްލައި ނުކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި ރެޖިސްޓްރީ ވަނީ ދަފްތަރުގައިކަމަށާއި ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުން އެކަމަށް މަޖުބޫރުވެގެންދާކަމަށްވެސް ވިދާޅުވިއެވެ. ތާރިގު ވިދާޅުވީ، ދުވަސްކޮޅަކުން ގުޅިފަޅާއި ތިލަމާލެ ފަދަ ތަންތަނަށްވެސް މީހުން އަންނާނެކަމަށާއި މި މައްސަލަ ހައްލުކުރުމަކީ ހާއްސަ މަޖިލީހުގައި ވެސް ކުރެވިފައިވާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.
ތާރިގު ވިދާޅުވީ، ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކެޕްކޮށްގެން ގާނުނަކުން އަދަދު ކަނޑައަޅައިގެންކަމަށެވެ. އޭނާ ވިދާޅުވީ، އެމެެރިކާގެ މަޖިލީހުގައި ތިބެނީ 430 ވަރަކަށް މީހުންކަމަށާއި އިންޑިއާގައި ބިލިއަނުން މީހުން ތިބި އިރު 700 ހަމަ ނުވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިންގަޕޫރުގެ މަޖިލީހުގައި ތިބެނީ 97 މީހުންކަމަށާއި ރާއްޖޭގައި 93 ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ގައުމަތަކުގެ އާބާދީ ހުރީ ފަސް މިލިއަނުނާއި އެއް ބިލިއަނާއި ދެމެދުގައިކަމަށާއި

