ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއަރ އެރޭބިއާއިން ރާއްޖެއަށް ދަތުރު އަޅަން ފަށަނީ!

އެއަރ އެރޭބިއާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރ އެރޭބިއާއިން ރާއްޖެއަށް ދަތުރުތައް އަޅަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އެންމެ ވަރުގަދަ އެއް އެއަރލައިން ކަމަށްވާ އެއަރ އެރޭބިއާއިން މީޑިއާތަކަށް ހާމަކޮށްފައިވާގޮތުން ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ޔޫއޭއީގެ އެންމެ ބައިބޯ އެއް ސިޓީ ކަމަށްވާ ޝަރްޖާ އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ދެެމެދު ދަތުރުތައް ކުރަމުންދާނެއެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ކުރިއަށްވުރެ ހެޔޮ އަގުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެއަރ އެރޭބިޮއާގެ ގުރޫޕު ޗީފް އެގްޒެކިއުޓިވް އޮފިސާރ މީޑިއާތަކަށް މައުލޫމާތު ދިން ގޮތުން ރާއްޖެއަކީ އެ އެއަރލައިނުން ދަތުރުކުރާ މަންޒިލެއްގެ ގޮތުގައި ކަނޑައެޅިގެންދިއުމާއިމެދު ވަރަށް އުފާކުރާކަމަށެވެ. އަދި ރާއްޖެއާއި ދެމެދު ހުއްޓުމެއް ނެތި ކުރަމުންދާނެ ދަތުރުތަކުން އެ ކުންފުނިން ކަސްޓަމަރުންނަށް އައު އޮޕްޝަންތައް ދިނުމަށާއި ދުނިޔޭގެ އެންމެ ރީތި މަންޒިލްތަކަށް ވާސިލުކޮށްދިނުމަށް ދޭ އަހައްމިއްޔަތު ފެނިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ލައިނުގައި ހިމެނޭނީ އެއަރބަސް އޭ320 އާއި އޭ321 މަރުކާގެ އުޅަނދުތަކެވެ. އަދި މިއީ އެންމެ ޒަމާނީ މަގުބޫލު ބާވަތުގެ ސިންގަލް އައިލް އުޅަނދުތަކެއްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: